ކޮފިން ޑާންސަކީ ދިވެހިންނަށްވެސް މިހާރު އާ ބަހަކަށް ނުވާނެއެވެ. އެއީ ސަންދޯއް ގެންދާއިރު ނަށާފައި ދާ ގްރޫޕްގެ ވާހަކައެވެ.
ގާނާގެ މި ގްރޫޕުން ކޯވިޑް-19 ގެ މި ހާލަތާއި ގުޅިގެން މިވަނީ ވީޑިއޯއެއް އާންމުކޮށްފައެވެ.
އެ ވީޑިއޯގައި ޑަކުޓަރުންނާއި ސިއްހީ ހިދުމަތްތެރިންނަށް ޝުކުރު އަދާކޮށް ބުނެފައިވަނީ އެ ފަރާތްތަކުން އެންމެންގެ ފުރާނައަށްޓަކައި ކުރަމުން އެދަނީ ބުރަ މަސައްކަތްތަކެއް ކަމަށެވެ.
ދެވަނަ މެސެޖުގައި އާންމު ފަރުދުންނަށް ދިނީ އިންޒާރެކެވެ. އެއީ ގޭގައި ތިބުމަށެވެ. ނޫން ނަމަ އަންނަންޖެހޭނީ އެމީހުން ކައިރިއަށް "ސަންދޯކަށް" ކަމަށް ބުނެފައިވެއެވެ.
https://www.reddit.com/r/funny/comments/ge3qw9/ghana_coffin_dancers_make_video_thanking_doctors/
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް