ރ. ވާދުއަށް ރޭ ފަތިހު އެރި ބާރުގަދަ ކޮޅިގަނޑެއްގައި އެ ރަށަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ޒިންމާދާރު ވެރިޔާ އަހްމަދު ޒިޔާއު ވިދާޅުވީ ކޮޅިގަނޑު އައީ ގާތްގަނޑަކަށް ފަތިސް ނަމާދު ވަގުތުގައި ކަމަށާއި ގަދަ ވަޔާއެކު ރަށަށް އެރި ކޮޅިގަނޑުގައި ރަށުގެ އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ ބަނބުކެޔޮ ގަހާއި ޖަނބުރޯލު ގަހާއި ރުއް ވެއްޓިފައިވާކަމަށެވެ. ބައެއް ހޮޅިދަނޑިތަކާއި އެންޓަނާފަދަ ތަކެތިވެސް ވެއްޓިފައިވާކަމަށެވެ .
"ބޮޑެތި ގަސް އަދި ރުށް ގޭގޭގެ ފުރާޅުމައްޗަށް ވެއްޓި ވަރަށް ގިނަ ގޭގޭގެ ފުރާޅު ހަލާކުވެފައިވޭ، ބައެއް ގޭގޭގެ ފުރާޅު އެއްލާލާފައިވެސްވޭ" ލިބުނު ގެއްލުން މިދަނީ ބަލަމުން ޒެޑްވީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މި ކޮޅިގަނޑުގައި ރަށުގެ ގިނަ އަދަދެއްގެ ކެޔޮގަހާއި ސްކޫލުގައި ހުރި ބައެއް ބޯޑުތަކާއި ފައިބަރު މަސައްކަތްކުރާ ހަރުގެއެއްވެސް ވެއްޓިފައިވާކަމަށާއި މަރާމާތު ކޮށްގެން ނޫނީ ނޫޅެވޭ ވަރަށް ބައެއް ގެތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. އަދި ހާލަތު އިތުރަށް ބަލަމުން އަންނައިރު މިވަގުތަށް ދެވެން ހުރި ތަފްސީލުތަކަކީ އެއީ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
https://www.facebook.com/dhuvasmv/posts/4321089561249863?__xts__%5B0%5D=68.ARDWQfgadoDPMI1te8KArcrZsyZRhvz9W2h6Tcn9oRyDnKXTQzMH9q8HjNwu8kBqmUpmNXrnTpOcVMy-HBbhNIySaTfGqO9W-oOQH0oRy6R2Mw1jPmQONp72SYASlo1H6f7kjTa64s8SciyTLbOYKt1K3OL5XnfNqQpZU2dXEyWU-oi1vY9HFukdzoXowM9_0rLbRtF9MDK_XNKh33gHYoMZu_ndE97zNbx6MYXt2wJ3hDDTCmYDUYFKelZVSLrbn3-4JTdQgais-jZWvBS-JDLZ80n5HnJYILwKd6W6zZrB7fyAtRmnkcX2_RfA79Ickt2zQe7Z38ked-NrRKnRqa2zZEo74v5R9ycj0BafGyHoeTmB9l1tZAk5HAqrlAd9_QxrJIeRel_sFAi-sn3YrUwYsfzWPepGvqcfalC8DqR_E8ex2GQ7p3gaaASqGjRL-yLeOMADUULejq9OZVVT&__tn__=-R
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް