ބޮޑެތި ކްލަސްޓާތަކެއް ފެނުމުގެ ފުރުސަތު އެބަ އޮތް: ޑރ. އަފްޒަލް

މިފަހުން މި ފެނުނު ކޭސްތަކާއި ގުޅިގެން ބޮޑެތި ކްލަސްޓާތަކެއް ފެނުމުގެ ފުރުސަތު އެބަ އޮތް ކަމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ. ޑރ. އަފްޒަލް މިހެން ވިދާޅުވީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސ...

05 May 2020 | 21:04

މިފަހުން މި ފެނުނު ކޭސްތަކާއި ގުޅިގެން ބޮޑެތި ކްލަސްޓާތަކެއް ފެނުމުގެ ފުރުސަތު އެބަ އޮތް ކަމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ޑރ. އަފްޒަލް މިހެން ވިދާޅުވީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ޑރ. އަފްޒަލް ވިދާޅުވީ ރޭގެ 12 އިން މިހާތަނަށް 22 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އަދި ޓްރެންޑަށް ބަލާއިރު މިހާރު ދައްކަނީ ދަށް ޓްރެންޑެއްނަމަވެސް މި ފެނުނު ކޭސްތަކާއި ގުޅިގެން އިތުރު ބޮޑެތި ކްލަސްޓާތަކެއް ފެނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ޑރ. އަފްޒަލް މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގައި ކޯވިޑް-19 ގެ ހާލަތު ޕީކަކަށް ގޮސްދާނެ ކަމަށް ޓެގްޓީމުން ވަނީ އަންދާޒާ ކޮށްފައެވެ.

އެގޮތުން މިހާރ ނޫހަށް ދީފައިވާ އިންޓަވިއުއެއްގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވެފައިވަނީ ކޮމިއުނިޓީ ތެރެއިން ކޭސްތައް ފެނިފައިވާ މިންވަރު މޮޑެލްއަކަށް ލައިގެން ބެލީމާ މި ހިނގާ މޭ މަސް ނިމޭ ހިސާބުގައި ޕީކަށް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ޕީކް ޑޭގައި ބަލިޖެހިފައިވާ ގާތްގަނޑަކަށް ހަ ހާސް މީހުން ފެންނާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް