ކޯވިޑް-19ގެ މި ހާލަތުގައި ކަރަންޓީނަށް ދާން ދެކޮޅުހެދި ދެ އަންހެނެއްގެ މައްޗަށް ސިވިލް ކޯޓުން އަމުރު ނެރެފިއެވެ.
މައުލުމާޔި ލިބިފައިވާގޮތުގައި މި ދެމީހުންނަކީވެސް މާލޭގައި އުޅޭ ދެމީހުންނެވެ. އަދި ދެމީހުންނަކީވެސް ކޯވިޑް-19ގެ އަލާމާތްތައް ހުރި ދެމީހުންކަންވެސް އެނގިފައިވެއެވެ.
މިފަދަ އަމުރުތައް ނެރެނީ ބަންޑާރަނައިބުގެ އޮފީހުން އެދިގެންނެވެ. ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިމިވާ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އެންގުންތަކަށް ދިވެހިން ބޯލަނބަން ޖެހެއެވެ. އެ އެންގުންތަކަށް ދެކޮޅު ހަދާނަމަ އެކަމަށް އޮންނަ އުސޫލެއްގެ ތެރެއިން ބާރުގެ ބޭނުންކުރުމަށް ކަމާބެހޭފަރާތްތަކަށް އެންގުމުގެ އިހްތިޔާރު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތައް ލިބިގެންވެއެވެ.
ދެ އަންހެނަކު ކަރަންޓީނަށް ދާން ދެކޮޅު ހަދާފައިވާއިރު މީގެ ކުރިންވެސް މަދު އަދަދެއްގެ ބަޔަކު މިފަދަ އެންގުންތަކާ ދެކޮޅު ހަދާފައިވެއެވެ. ނަމަވެސް އެފަރާތްތައްވެސް ވަނީ މިހާރު ކަރަންޓީނަށް ނުވަތަ އައިސޮލޭޝަނަށް ގެންގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް