N/A
ވިލާ ގޭހުން ވިއްކާ ގޭހުގެ އަގު އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ބޮޑުކުރާނެ ކަމަށް އެ ކުންފުނިން ކަސްޓަމަރުންނަށް އަންގައިފިއެވެ.
ވިލާ ގޭހުން ކަސްޓަމަރުންނަށް އަންގަމުންދާ ގޮތުގައި، 10 ކިލޯގެ ގޭސް ފުޅިއެއްގެ އަގު މިހާރު ހުރި 200 ރުފިޔާއިން 350 ރުފިޔާއަށް ބޮޑުވާނެއެވެ. މިއީ 75 އިންސައްތައިގެ ބޮޑުވުމެކެވެ. އަދި 20 ކިލޯގެ ގޭސް ފުޅިއެއްގެ އަގު 450 ރުފިޔާއިން 650 ރުފިޔާއަށް ބޮޑުވާނެއެވެ. މިއީ ގާތްގަނޑަކަށް 44 އިންސައްތައިގެ ބޮޑުވުމެކެވެ.
މި ބަދަލު އަމަލުކުރާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް