ދީބާޖާ މައްސަލައިގަ ސުޕްރީމް ކޯޓުން މާދަމާ ހުކުމް ކުރަނީ

ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި ދައުލަތުން 348 މިލިއަން ރުފިޔާ ދައްކަން ކޮށްފައިވާ ހުކުމް މުރާޖާ ކުރާ މައްސަލައިގަ ސުޕްރީމް ކޯޓުން މާދަމާ ހުކުމް ކުރަން ތާވަލު ކޮށްފި އެވެ. ދީބާޖާއަށް ބަދަލ...

06 Apr 2021 | 17:58

ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި ދައުލަތުން 348 މިލިއަން ރުފިޔާ ދައްކަން ކޮށްފައިވާ ހުކުމް މުރާޖާ ކުރާ މައްސަލައިގަ ސުޕްރީމް ކޯޓުން މާދަމާ ހުކުމް ކުރަން ތާވަލު ކޮށްފި އެވެ.

ދީބާޖާއަށް ބަދަލުދޭން ދައުލަތުގެ މައްޗަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ހުކުމް ކުރީ އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާ އެކު ހެދި އެއްބަސްވުން ބާލިތް ކުރުމުންނެވެ.އެއްބަސްވުން ބާޓިލް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ބެލުމަށް ފަހު ހުކުމްކޮށްފައިވަނީ ދީބާޖާއަށް ބަދަލު ދެން ޖެހޭ ކަމަށެވެ. ކޯޓުގެ މި ހުކުމައި ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އެ މައްސަލަ އަލުން މުރާޖައާ ކޮށްދިިނުމަށް އެދިފައި އެވެ.

އެ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލާފައިވާއިރު ހުކުމް ކުރާ ޝަރީއަތް ތާވަލު ކޮށްފައިވަނީ މާދަމާ މެންދުރު1:00 އަށެވެ.

މިއީ ސުޕްރީމް ކޯޓުގެ ހުކުމެއް އެ ކޯޓުން ރިވިއުކޮށް، ނިންމާ ފުރަތަމަ މައްސަލަ އެވެ.

ދީބާޖާ އަށް ބަދަލުދޭން ކުރިން ކުރި ހުކުމާ އެކު، ކޯޓުން ބޭރުގައި ސަރުކާރުން އެ ކުންފުންޏާ މަޝްވަރާކޮށް، ބަދަލުގެ މިންވަރު 174 މިލިއަން ރުފިޔާ އަށް ކުޑަކުރަން ދެ ފަރާތުން އެއްބަސްވި އެވެ.

އެކަމަކު ފަހުން ސަރުކާރުން ވަނީ އެ ނިންމުން ބަދަލުކޮށް، އެ މައްސަލަ ރިވިއު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. މިގޮތަށް ނިންމީ ރައީސް އިބްރާހިމް ސޯލިހު އެގޮތަށް އެދިވަޑައިގެންނެވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް