މިއަދު 145 މީހަކު ކޮވިޑަށް ފައްސިވި

ކޯވިޑް-19 އަށް އިތުރު 145 މީހުން ޕޮސިޓިވް ވެއްޖެ އެވެ. މިއަދު ޕޮސިޓިވް ވެފައިވަނީ މާލެއިން 85 މީހުންނެވެ. ދެން ޕޮސިޓިވް ވެފައިވަނީ އަތޮޅުތެރެއިން 39 މީހުންނާއި ރިސޯޓުތަކުން 19 މީހުންނާއި އިންޑަސްޓްރިއ...

06 Apr 2021 | 17:16

ކޯވިޑް-19 އަށް އިތުރު 145 މީހުން ޕޮސިޓިވް ވެއްޖެ އެވެ.

މިއަދު ޕޮސިޓިވް ވެފައިވަނީ މާލެއިން 85 މީހުންނެވެ. ދެން ޕޮސިޓިވް ވެފައިވަނީ އަތޮޅުތެރެއިން 39 މީހުންނާއި ރިސޯޓުތަކުން 19 މީހުންނާއި އިންޑަސްޓްރިއަލް ރަށްރަށުން ދެ މީހުނެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 4892 މީހުންނެވެ.

މިހާރު ކޯވިޑް ޖެހިގެން ފަރުވާ ދެމުން ދަނީ 3،079 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 73 މީހުންނަށެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން 21،898 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 67 މީހަކު ވަނީ ނިޔާވެފަ އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވީ 25،053 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް