ކުރިޔަށް އޮތް ރޯދަ މަހަށް ވިޔަފާޜި ބަނދަރުތައް އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.
ރޯދަމަހާ ދިމާކޮށް އެމްޕީއެލްގެ ބައެއް މަސައްކަތްތަކާ ގުޅޭގޮތުން ނުސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ ރޯދަމަހާއި ރޯދަ މަސް ފެށުމުގެ ކުރިންވެސް ގިނަ އަދަދަކަށް ކާބޯތަކެތި ރާއްޖެ އަންނަ ކަަމަށެވެ.
މިދިޔަ އަހަރަށްވުރެ ގިނައިން މިއަހަރު ކާބޯތަކެތި ރާއްޖެ އަންނަ ކަމަށާއި ޚާއްސަކޮށް ރޯދަމަހުގެ ކުރީކޮޅު ގިނައިންު އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އެގޮތުން މިހާރުވެސް އަދި ކުރިއަށް އޮތް 5-6 ވަރަކަށް ދުވަހުގެ ތެރޭގައި ރާއްޖެއަށް ގެންނަ ކާބޯތަކެތީގެ ޝިޕްމަންޓްތައް އިތުރުވާނެ ކަމަށް ޝާހިދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
"ރޯދަމަހުގެ ކުރީކޮޅުގައިވެސް ގިނަ ޝިޕްމަންޓްތަކެއް އަންނާނެ ކަމަށް ބެލެވޭ. ލަސްވެދާނެތީ ނުވަތަ މުދާ ބޭރުކުރުމުގައާއި މުދާ ދޫކުރުމުގައި ލަސްތަކެއް ވިޔަ ނުދިނުމަށް ހާއްސަ މަސައްކަތްތަކެއް މީގެ ދެމަސް ކުރިން ފަށައިގެން ކުރިއަށް މިގެންދަނީ،" ޝާހިދު ވިދާޅުވި އެވެ.
އެހެންކަމުން މުދާ ބޭލުން ލަސްވިޔަ ނުދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް އެމްޕީއެލް އިން ކުރަމުން ދެއެވެ. އެިގޮތުން އެމްޕީއެލް އިން ވަނީ މުވައްޒަފުން އިތުރުކޮށް، މަސައްކަތުގެ ސްޕީޑު އަވަސްކުރުމަށްޓަކައި ބަނދަރުގައި ޕެރިޝަބަލް މުދާ ބާލާ ސަރަހައްދުގެ ހަލާކުވެފައިވާ ސަރަހައްދު މަރާމާތުކޮށްފައެވެ.
އަދި އެމްޕީއެލްއިން ހުކުރު ދުވަހާއި ބަންދުތަކުގައިި އަންނަ ކާބޯތަކެތި ކްލިއަރ ކުރުމަށް، އެ ދުވަސްތަކު މުވައްވަފުން ނެރިގެން މަަސައްކަތް ކުރާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
މިހާރު ހުޅުމާލެއަށް މުދާ ގެންދިއުމުގައި ވެސް ފަސޭހަތަކެއްވެފައި އަވަސް ވާނެކަމަށް އެމްޕީއެލްއިން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް