އެހެން ގައުމަކުން ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ދެވަނަ ޑޯޒް ރާއްޖޭގައި ޖެހޭނެ އިންތިޒާމް ހަމަޖައްސައިފި

އެހެން ގައުމަކުން ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ދެވަނަ ޑޯޒް ރާއްޖޭގައި ޖެހޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ދިވެހިރާއްޖޭގައި...

06 Apr 2021 | 15:44

އެހެން ގައުމަކުން ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ދެވަނަ ޑޯޒް ރާއްޖޭގައި ޖެހޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރާއްޖެއިން ބޭރުން ކޮވިޝީލްޑް، ސިނޮފާރމް އަދި ފައިޒަރ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ، ފަރާތްތަކަށް ދެވަނަ ޑޯޒް ރާއްޖޭގައި ޖެހުމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެ ކަމަށެވެ.

އެގޮތުން މިފަރާތްތަކުން ވެކްސިން ޖެހިކަމުގެ ލިޔުން އަދި އައި.ޑީ ކާޑު ނުވަތަ ޕާސްޕޯޓު ކޮޕީ އެއް [email protected] އަށްފ ފޮނުވުމުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމުގައި އެޗްޕީއޭއިން ބުނެއެވެ. މެއިލް ކުރާއިރު މެއިލްގައި ނަން، އައި.ޑީ ކާޑު ނުވަތަ ޕާސްޕޯޓު ނަންބަރު، ގުޅޭނެ ނަންބަރު، ވެކްސިންގެ ބާވަތް އަދި ވެކްސިން ޖެހި ތާރިޙް ހިމަނަންވާނެ ކަމުގައިވެސް އެޗްޕީއޭއިން ބުނެއެވެ.

އިއްޔެގެ ނިޔަލަށް ރާއްޖޭގައި 251،139 މީހަކު ފުރަތަމަ ޑޯޒް އަދި 5،753 މީހަކު ދެވަނަ ޑޯޒް ޖަހާފައިވެއެވެ. އެޗްޕީއޭއިން މައުލޫމާތުދެއްވާގޮތުގައި މިހާތަނަށް ރާއްޖޭގެ އާބާދީގެ 57 އިންސައްތަ މީހުން މިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް