ސަސްޕެންޑުކޮށްފައި ހުރި މޯލްޑިވްސް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޝަޒަޔަލް ޝިޔާމަށް ތުހުމަތު ކުރި ކޮރަޕްޝަންގެ މައްސަލައިގަ އޭނާއާއި ދެކޮޅަށް ހެއްކެއް ނުފެނުނު ކަމަށް ފުލުހުން ބުނެފި އެވެ.
ޝަޒައިލްއަށް ތުހުމަތު ކުރި ރިޝްވަތާއި ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަން ފެށީ، ރައީސް އޮފީހުގެ "ޒިރޯ ޓޮލަރެންސް" ޕޯޓަލްއަށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެންނެވެ.މި މައްސަލައިގަ2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިިގެން ޝަޒައިލް ހުންނެވީ ސަސްޕެންޑު ކޮށްފައި އެވެ.
މި މައްސަލަ ރައީސް އޮފީހުން އޭސީސީއަށް ހުށަހެޅުމުން އޭސީސީން ތަހުގީގު ކުރުމަށް ފަހު ނިންމާފައިވަނީ ޝަޒަޔަލް ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާ ކަމަށެވެ. އެކަމަކު ެ މައްސަލަ ތަހުގީގު ކުރުމުގެ ތެރެއިން އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް އެ މައްސަލަ ފުލުހުންނަށް ހުށަހެޅި އެވެ.
އޭސީސީން ޝަޒަޔަލްގެ މައްސަލަ ފުލުހަށް ހުށަހެޅީ މިދިޔަ ޑިސެްބަރު މަހުގެ ތެރޭގައި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލައިގަ އޭނާ އާއި ދެކޮޅަށް އެއްވެސް ހެއްކިފައި ހޯދިފައި ނުވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ފައިލް ކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ޝަޒައިލް އަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއަށް ނިސްބަތްވެވަޑައިގެންނަވާ ބޭފުޅެކެވެ.
ޝަޒައިލް މީގެ ކުރިން ރައީސް ޔާމީންގެ ސަރުކާރުގައި ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްގެ ޗެއާމަން ކަމާއި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ފުރުއްވާފައިވެ އެވެ. އެ ސަރުކާރުގައި، ޓުރައަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުވެސް އޭނާ އަދާކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް