ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ާފައިނަލްގެ މެޗުތައް މިރޭ ފަށާއި އިރު، އިނގިރޭސި ކުލަބު ލިވަޕޫލާއި ދެކޮޅަށް ސްޕެއިންގެ ރެއާލް މެޑްރިޑް ނިކުންނައިރު، އެޓީމަށް ވަނީ ބޮޑެތި އަނިޔާގެ މައްސަލަތައް ކުރިމަތިވެއެވެ. އެގޮތުން ރެއާލްގެ އިތުބާރު ދެ ޑިފެންޑަރުން ކަމަށް ވާ ކެޕްޓަން ސާޖިއޯ ރާމޮސް އަށް އަނިޔާގެ މައްސަލަ ކުރިމަތިވެ ނުކުޅެވޭއިރު، އެޑެން ހަޒާޑަށް ވެސް ވަނީ އަނިޔާގެ މައްސަލަ ކުރިމަތިވެ މިރޭގެ މެޗުގައި ނުކުޅެވޭނެ ކަން ކަށަވަރުވެފައެވެ. މީގެ އިތުރުން ޑިފެންޑަރ ރަފޭލް ވެރާންއަށް ވެސް ކޮވިޑް އަށް ފައްސިވުމާއި ގުޅިގެން މިރޭގެ މެޗުގައި ނުކުޅެވޭނެއެވެ.
ރާމޮސްއާއި ވެރާންއަށް މިރޭގެ މެޗުގައި ނުކުޅެވޭއިރު، މި ދެ ކުޅުންތެރިންނަކީ ރެއާލްގެ ޑިފެންސްލައިނުގެ މައި ދެ ތަނބެވެ. އެހެން ކަމުން މިރޭ ލިވަޕޫލްއާއި ދެކޮޅަށް ކުޅޭ ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގައި މި ދެކުޅުންތެރިންނަށް ނުކުޅެވުމަކީ ރެއާލްއަށް ފަހެތް ބެލެހެއްޓުމުގައި އުނދަގޫތަކަކާއި ކުރިމަތިލާންޖެހިދާނެ ކަމެކެވެ. ރެއާލްގެ ދެ ޑިފެންޑަރުންގެ އިތުރުން އެޓީމުގެ ފޯވާޑް އެޑެން ހަޒާޑަށް ވެސް މިރޭގެ މެޗުގައި ނުކުޅެވޭނެއެވެ. ހަޒާޑަށް ވެސް ވަނީ އަނިޔާގެ މައްސަލަ ކުރިމަތިވެފައެވެ.
މިރޭގެ މެޗާއި ގުޅިގެން ރެއާލްގެ ކޯޗު ޒިދާން ބުނެފައިވަނީ ރެއާލްގެ ފަތައް ކުޅޭ މުހިންމު ދެކުޅުންތެރިން ނެތުމަކީ ޓީމަށް އެކަމުގެ އަސަރު ފޯރާނެ ކަމެއް ކަމަށެވެ. އެހެން ކަމުން މި ދެ ކުޅުންތެރިންނާއި ނުލާ ބޮޑު ކުރިމަތިލުމަކަށް ނިކުތުމަކީ ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިވެދާނެ ކަމެއް ކަމަށް ވެސް ޒިދާން ވަނީ ބުނެފައެވެ.
އެގޮތުން ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފައިވަނީ މިރޭގެ މެޗަށް އެކުލަވާލި ސްކޮޑުގައި ވެސް ރާމޮސް އާއި ވެރާންގެ އިތުރުން އެޑެން ހަޒާޑް ހިމެނިފައި ނުވާކަމަށާއި އަދި މިރޭގެ މެޗުގައި ނުކުޅެވުނަސް ބާސެލޯނާއާއި ދެކޮޅަށް އަންނަ އާދިއްތަ ދުވަހު ކުޅޭ އެލް ކްލަސިކޯ މެޗުގައި ރާމޯސްއަށް ކުޅެވޭ ވަރުވާނެ ކަމަށް އުންމިދު ކުރާ ކަމަށެވެ. ނަމަވެސް އެ މެޗުގައި ވެރާންއަށް ނުކުޅެވިދާނެ ކަމަށް ޒިދާން ބުނެއެވެ.
އިނގެރޭސި ކުލަބު ލިވަޕޫލް އާއި ރެއާލް މެޑްރިޑް ބައްދަލުކުރާ ކުއާޓާ ފައިނަލްގެ މެޗު ކުޅޭނީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 12:00 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް