ރެއާލް މެޑްރިޑުގެ ޑިފެންޑަރ ރަފޭލް ވެރާން ކޮވިޑް އަށް ފައްސިވެއްޖެ

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސް ޑިފެންޑަރު ރަފޭލް ވެރާން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. ވެރާން ކޮވިޑަށް ފައްސިވެފައިވާކަން އޭނާގެ ކުލަބުން ކަށަވަރުކޮށްދީފައިވާއިރު، މިރޭ ޗެމްޕި...

06 Apr 2021 | 12:00

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސް ޑިފެންޑަރު ރަފޭލް ވެރާން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ވެރާން ކޮވިޑަށް ފައްސިވެފައިވާކަން އޭނާގެ ކުލަބުން ކަށަވަރުކޮށްދީފައިވާއިރު، މިރޭ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި އިންގިރޭސި ކުލަބު ލިވަޕޫލްއާއި ދެކޮޅަށް އޭނާއަށް ނުކުޅެވޭނެއެވެ.

މިކަމާއި ގުޅިގެން ރެއާލް މެޑްރިޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކުލަބުގެ އިތުބާރު ޑިފެންޑަރ ރަފޭލް ވެރާން ކޮވިޑަށް ކުރި ޓެސްޓުގެ ނަތީޖާއިން ފައްސިވިކަމަށް ދައްކާފައިވާ ކަމަށާއި އެހެން ކަމުން މިރޭ ލިވަޕޫލާއި ދެކޮޅަށް ކުޅޭ ޗެމްޕިއަނސް ލީގު ކުއާޓާފައިނަލް މެޗުގައި ވެރާން ނުފެންނާނޭ ކަމަށެވެ.

އުމުރުން 27 އަހަރުގެ ޑިފެންޑަރު ނެގި ކޮވިޑް ޓެސްޓުން ކޮވިޑަށް ޕޮޒިޓިވެފައިވާކަން އެނގުމާއި އެކު އޭނާ މިހާރު ވަނީ އަމިއްލަ ގޭގައި އައިސޮލޭޓްވެފައެވެ.

އެއާއެކު ވެރާންއަށް ރެއާލް މެޑްރިޑް ކުޅޭ ބައެއް މުހިންމު މެޗުތައް ގެއްލޭއިރު، މި ސީޒަނުގައި މިހާތަނަށް އޭނާ ވަނީ ސްޕެނިޝް ލީގުގައި ރެއާލްއިން ކުޅުނު 29 މެޗުގެ ތެރެއިން 27 މެޗުގައި ކުޅެފައެވެ. ސްޕެނިޝް ލީގުގެ ތިންވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އޮތްއިރު، ލީގުގައި އަންނަ އާދިއްތަ ދުވަހުގެރޭ އެލްކްލެސިކޯ މެޗުގައި ބާސާއާއި ދެކޮޅަށް ކުޅޭ މެޗުވެސް ވެރާންއަށް ގެއްލޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް