މަސްވެރިއެއްގެ އަތަށް ވަޅިއެއް ހެރިއްޖެ

މަސްވެރިއެއްގެ އަތަށް ވަޅިއެއް ހެރިގެން ސީއެމްބިއުލާންސްގައި ގެންގޮސްފައިވާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އެގޮތުން ޒަޚަމްވެފައި ވަނީ "އުމެރި-1" ދޯނީގައި ހުރި44 އަހަރުގެ ފަޅުވެރިއެއް ކަމަށް މައުލ...

06 Apr 2021 | 11:49

މަސްވެރިއެއްގެ އަތަށް ވަޅިއެއް ހެރިގެން ސީއެމްބިއުލާންސްގައި ގެންގޮސްފައިވާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެގޮތުން ޒަޚަމްވެފައި ވަނީ "އުމެރި-1" ދޯނީގައި ހުރި44 އަހަރުގެ ފަޅުވެރިއެއް ކަމަށް މައުލޫމާތު ލިބެއެވެ. ފ. ނިލަންދޫ ގެ ހުޅަނގުން 14 ނޯޓިކަލް މޭލް ބޭރުގައި ކަންނެލީގެ މަސްވެރިކަން ކުރަމުން ދަނިކޮށް އަނިޔާވި މީހާ މިހާރު ވަނީ ފ. ނިލަންދޫ އަށް ގެންގޮސްފައެވެ.

އެގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ގޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު، ސީ އެމްބިއުލާންސްގައި އެ މީހާ ނިލަންދޫއަށް ގެންގޮސްފައި ވަނީ މިއަދު 16:03 ހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު14:30 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. މި ހާދިސާގައި އަނިޔާވެފައި ވަނީ ދިވެއްސަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް