މަނަދޫ ބަނދަރު ނެރު ހެދުމުގެ އެއްބަސްވުުގައި ސޮއިކޮށްފި

ނ. މަނަދޫ ބަނދަރު ނެރު ހެދުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗާއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޓް ކޮންޓެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ....

06 Apr 2021 | 10:28

ނ. މަނަދޫ ބަނދަރު ނެރު ހެދުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗާއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޓް ކޮންޓެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނެންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ޙަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ، އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގް އޮފިސަރު ޝާހިދު ޙުސައިން މޫސާއެވެ.

މި މަޝްރޫޢުގެ ދަށުން 13،216 ކިއުބިކް މީޓަރު ބަނދަރު ފުންކުރުމާއި 15،822 ކިއުބިކް މީޓަރު ބަނދަރަށް ވަންނަ ނެރު ފުންކުރުން ހިމެނެއެވެ.

މީގެ އިތުރުން 290 މީޓަރު ބޮޑުހިލައިގެ ބޭރުތޮށި ލުމާއި، ކުދި އުޅަނދުފަހަރު ކައިރިކުރުމަށް ބޭރު ތޮށީގެ އެތެރެފަރާތު ކައިރީގައި ކޮންކްރިޓް ޖެޓީއެއް އެޅުން ވެސް މި މަޝްރޫޢުގައި ހިމެނެއެވެ.

މި މަސައްކަތުގެ ތެރޭގައި ދެ ނެވިގޭޝަން ލައިޓާއި 20 މޫރިންގް ބޮއި ހަރުކުރުންވެސް ހިމެނެއެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ 300 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް