ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ނ. ވެލިދޫ ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗާއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޓް ކޮންޓެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާ ...

06 Apr 2021 | 10:22

ނ. ވެލިދޫ ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗާއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޓް ކޮންޓެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނެންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ޙަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ، އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގް އޮފިސަރު ޝާހިދު ޙުސައިން މޫސާއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާއި މި މަޝްރޫއު ހިންގަން ހަވާލު ކޮށްފައިވަނީ ޑިޒައިން އެންޑް ބިޑް އުސޫލުންނެވެ. މިއީ 18.2 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.

ދޯނި އެހެލާ ސަރަހައްދު ހެދުމުގެ ތެރޭގައި 254.56 މީޓަރ ރިވެޓްމަންޓް ޖެހުމާއި، 17،768 އަކަ މީޓަރުގެ ބިން ހިއްކުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެ އެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ 280 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް