ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ކޮންސަލްޓެންސީ މަސައްކަތް ފަށައިފި

އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ކޮންސަލްޓެންސީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ހަރަކާތްތެރިވާ އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާގެ ޓީމެއް،...

06 Apr 2021 | 10:17

އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ކޮންސަލްޓެންސީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ހަރަކާތްތެރިވާ އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާގެ ޓީމެއް، ހޯމަދުވަހު ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޒިޔާރަތްކޮށްފައެވެ.

މި މަޝްރޫއަކީ، އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. މި ޕްރޮޖެކްޓްގެ އަމާޒަކީ، ގަން އިންޓަނޭޝަނަލް އެއާޕޯޓް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެއާޕޯޓުގައި އާ ޑޮމެސްޓިކް ޓާމިނަލަކާއި، ފަޔާ ސްޓޭޝަނެއް އިމާރަތްކުރުމަށް ހަމަޖެހިފައިވެއެވެ.

އަދި މިހާރު ހުރި ޓާމިނަލް އިންޓަނޭޝަނަލް ޓާމިނަލެއްގެ ގޮތުގައި ތަރައްގީކޮށް ޑިއުޓީ ފްރީ ފިހާރަތަކާއި، ރެސްޓޯރެޓްތަކާއި ލައުންޖް ވަސީލަތްތައް ގާއިމު ކުރުމަށް ނިންމާފައިވެއެވެ. މި މަސައްކަތުގެ ތެރެއިން އެއާޕޯޓަށް ދިޔުމަށް އިތުރު މަގެއް ގާއިމުކޮށް، ކާގޯ ވަސީލަތްތައް ތަރައްގީކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން، އެއާޕޯޓަށް ބޭނުންވާ އާލާތްތައް ހޯދުމާއި، އެއާޕޯޓުގައި ސޯލާޕެނަލް ހަރުކުރުންވެސް މި މަޝްރޫއުގައި ހިމެނިފައިވެއެވެ.

މި އެއާޕޯޓް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ފަހުކޮޅު ފެށޭވަރު ވާނެކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް