ހުޅުމާލޭ އާބަން ފާމިންގް މަޝްރޫޢުގެ ޓްރޭނިން ފަށައިފި

އާބަން ފާމިންގްގެ ގޮތުގައި ހުޅުމާލޭގައި ހުސްކޮށް ދޫކޮށްލައިފައިވާ ބިންތަކުގައި ދަނޑުވެރިކަން ކުރުމަށް ހުޅުމާލޭގައި ދިރުއުޅޭ ފަރާތްތަތަކަށް ހުޅުވާލި ފުރުޞަތުގައި ހޮވުނު ފަރާތައް ބިން ހަވާލުކުރެވި މަސައ...

06 Apr 2021 | 10:12

އާބަން ފާމިންގްގެ ގޮތުގައި ހުޅުމާލޭގައި ހުސްކޮށް ދޫކޮށްލައިފައިވާ ބިންތަކުގައި ދަނޑުވެރިކަން ކުރުމަށް ހުޅުމާލޭގައި ދިރުއުޅޭ ފަރާތްތަތަކަށް ހުޅުވާލި ފުރުޞަތުގައި ހޮވުނު ފަރާތައް ބިން ހަވާލުކުރެވި މަސައްކަތްތަކުގެ އަމަލީ މަސައްކަތް ފެށުމަށް ދެވޭ ޙާއްޞަ ޓްރޭނިން ސެޝަންތައް ފަށައިފި އެވެ.

ހުޅުމާލޭގައި ދަނޑުވެރިކަން ކުރުމުގެ ފުރުސަތު 48 ފަރާތަކަށް ދީފައިވެ ވެއެވެ.

އޮންލައިން ވެބިނާއެއްގެ ގޮތުގައި ބޭއްވުނު މި ސެޝަންގައި އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދު، ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ކެއިކޯ ޔަނައި އަދި ޔޫ.އެން.ޑީ.ޕީގެ ރެސިޑެންޓް ރިޕްރެސެންޓޭޓިވް އަކިކޯ ފުޖީ ބައިވެރިވެވަޑައިގެންނެވި އެވެ.

ޖަޕާންގެ ހިލޭ އެހީގައި ޔޫ.އެން.ޑީ.ޕީ އާއި މި ކޯޕަރޭޝަނާއި ގުޅިގެން ހިންގާ"ކޮމިއުނިޓީ އާބަން ފާމިންގް" މަޝްރޫޢުއަކީ ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވާމަންޓް ފޯ ޑިވެލޮޕްމަންޓް އޮފް އެމް.އެސް.އެމް.އީސް" (ސީޑްސް) މަޝްރޫޢުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

މި ޕްރޮގްރާމްގެ އެއްމެ ބޮޑު އެއް ބޭނުމަކީ، ހުޅުމާލޭގައި ދިރިއުޅޭ އަންހެނުން ބާރުވެރި ކުރުވުމުގެ އިތުރުން، މުޖްތަމަޢުގައި އުޅޭ މީހުންގެ ތެރެއިން އަޅާލުން އެންމެ ބޮޑަށް ބޭނުންވާ "ވަލްނަރަބަލް" ފަރާތްތަކަށް އެހީތެރުވުމެވެ. އަދި ކޯވިޑް-19 ޢާލަމީވަބާގެ ސަބަބުން މާލީގޮތުން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ފަރާތްތަކަށް މިމަޝްރޫޢުމެދުވެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގެ މަތިން އެކަށީގެންވާ އާމްދަނީއެއް ހޯދޭނެ މަގު ފަހިކޮށްދިނުން ކަމުގައި އެޗްޑީސީއިން ބުނެއެވެ.

މާސްޓަރ ޕްލޭނެއްގެ ދަށުން ހުޅުމާލެ ތަރައްޤީކުރެވެމުން ދާއިރު، މީހުން ދިރިއުޅޭ ސަރަޙައްދުތައް ރަނގަޅު ފެންވަރެއްގައި ދެމެހެއްޓުމަށާއި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އާލާކުރުމަށް ނެއިބާހުޑްތަކުގައި ގަސް ހެއްދުމަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް އެޅިގެން ދިޔަ މުހިއްމު ފިޔަވަޅެއް ކަމުގައި ވާނެއެވެ.

މި ސެޝަންގައި ވާހަކަ ދައްކަވަމުން އެ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު އަހްމަދު އާތިފު ވަނީ މިއަދު ފެށި ތަމްރީނު ޕްރޮގްރާމްގެ ސަބަބަބުން މި ޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ ފަރާތްތަކަކަށްވެސް  ގަސް އިންދާ ބެލެހެއްޓުމުގައި ދިމާވާ ދަތިތަކާއި އިތުރު ގިނަ މަޢުލޫމާތުތަކެއް ދަސްވެ ދަނޑުވެރިކަމުގެ ރޫޙު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އާލާ ވެގެން ދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ދަންނަވާފައެވެ.

މީގެއިތުރުންވެސް، މި ސެޝަންގެ ބައިވެރިންނާއި މުހާތަބުކުރައްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަހާ ވަނީ މިފުރުޞަތުގެ ބޭނުން ރަނގަޅު ގޮތުގައި ބޭނުންކުރައްވާ، ހުޅުމާލޭގައި ފެށިގެން މިދިއަ މަޝްރޫޢު އަކީ ކާމިޔާބު ނަމޫނާ މަޝްރޫޢުއަކަށް ހެދުމަށް ބައިވެރިންނަށް އިލްތިމާސްކުރައްވާފައެވެ.

އާބަން ފާމިންގެ ގޮތުގައި ހުޅުމާލޭއިން ދޫކުރަން ކަނޑައަޅާފައިވާ 16 ޕްލޮޓްގައި ފުރަތަމަ ތިންމަސް ދުވަހު އެއްވެސް ކުއްޔެއް ނުނަގައި އެކަށީގެންވާ އެލަވަންސްއެއް ދިނުމަށް ހަމަޖެހިފައިވެ އެވެ.

ޕްރޮގުރާމުގެ ބައިވެރިންނަށް ދަނޑުވެރިކަމާއި ގުޅޭގޮތުން ޢިތުރު މަޢުލޫމާތު ދިނުމަށް މިނިސްޓްރީ އޮފް ފިޝަރީސް، މެރިންގ ރިސާރޗް އެންޑް އެގްރިކަލްޗަރ، އިން ހިންގާ މިޓްރެއިނިންގ ގައި ބައިވެރިވުމަކީ މިހާރު ގަސް ހައްދާ ބެލެހެއްޓުމުގައި ދިމާވާ ގޮންޖެހުންތަކާއި ގުޅޭ މަޢުލޫމާތު ލިބިގެންދާނެ ތަމްރީނު ޕްރޮގުރާމެއްކަމުގައި އެޗްޑީސީއިން ފާހަގަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް