ބާރަށު ނެރު ފުންކުރަން އެމްޓީސީސީއަށް

ހއ. ބާރަށު ނެރު ފުންކުރުމުގެ މަސައްކަތް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންމޑް އިންފްރާންސްޓްރަކްޗަރގެ ފަރާތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޓް ކޮންޓެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާ...

06 Apr 2021 | 09:54

ހއ. ބާރަށު ނެރު ފުންކުރުމުގެ މަސައްކަތް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންމޑް އިންފްރާންސްޓްރަކްޗަރގެ ފަރާތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޓް ކޮންޓެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނެންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ޙަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ، އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގް އޮފިސަރު ޝާހިދު ޙުސައިން މޫސާއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާއި މި މަޝްރޫއު ހިންގަން ހަވާލު ކޮށްފައިވަނީ ޑިޒައިން އެންޑް ބިޑް އުސޫލުންނެވެ. މިއީ 12.1 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.

މި މަޝްރޫޢުގެ ދަށުން، 79،100 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމަށް ހަމަޖެހިފަވެ އެވެ. އަދި 8600 ކިއުބިކް މީޓަރު ޖެޓީ ކައިރި ފުންކުރުމުގެ އިތުރުން ހަތަރު ނެވިގޭޝަން ލައިޓް ހަރު ކުރާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް