މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމާއި މީމު މަސް ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި

މ. މުލަށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢާއި މީމު މަސް ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އަލްފާޟިލް އ...

06 Apr 2021 | 09:34

މ. މުލަށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢާއި މީމު މަސް ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އަލްފާޟިލް އާދަމް އާޒިމްއާއި އެކުންފުނީގެ އިސްވެރިން، މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރާއި، މުލަށް ކައުންސިލްގެ ރައީސް މުޙައްމަދު އިބްރާހީމް އާއި ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން ބައިވެރިވެވަޑައިގެންނެވިއެވެ.

މުލަށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގައި ސޮއިކުރެވުނީ 29 މާރިޗް 2021 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން، 90.411 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވެއެވެ.

މި މަޝްރޫޢަކީ 66.17 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. އަދި މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 105 ދުވަހުގެ ތެރޭގައެވެ.

މީމު މަސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި ސޮއިކުރެވުނީ 11 ފެބްރުއަރީ 2021 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން، 240,22 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 640,8 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 160 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 90.68 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 200,3 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

މިއީ 13.56 މިލިއަން ރުފިޔާގެމަޝްރޫޢެކެވެ. އަދި މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 300 ދުވަހުގެ ތެރޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް