މުލީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށައިފި

މ. މުލީގައި ތަރައްގީ ކުރާ ޑޮމެސްޓިކް އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށައިފި އެވެ. މުލީ އެއާޕޯޓު ޑިޒައިންކޮށް، އެއް އަހަރު ތެރޭ އަޅާ ނިންމަން ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން...

06 Apr 2021 | 09:15

މ. މުލީގައި ތަރައްގީ ކުރާ ޑޮމެސްޓިކް އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މުލީ އެއާޕޯޓު ޑިޒައިންކޮށް، އެއް އަހަރު ތެރޭ އަޅާ ނިންމަން ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. މި މަޝްރޫއު އެ ކުންފުންޏާއި ހަވާލު ކުރީ މިދިޔަ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ.

އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިންނާއި، ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ބައިވެރިވެވަޑައިގެންނެވި އެވެ.

މި މަޝްރޫއުގެ ދަށުން، 14 ހެކްޓަރުގެ ބިން ހިއްކުމާއި، 1812 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ގާއިމުކުރުމާއި ޓެކްސީވޭ އަކާއި އޭޕްރަންއެއް އެޅުމުގެ މަސައްކަތް ކުރާނެ އެވެ.

އެ މަޝްރޫއުގެ އަގަކީ 221 މިލިއަން ރުފިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް