ކުޅުދުއްފުށީ ހައުސިން ޔުނިޓުތައް ނިންމަން ދޮންބެޒާއި ހަވާލުކޮށްފި

ކުޅުދުއްފުށީ ސިޓީގައި އިމާރާތް ކުރަން ފަށާފައި ހުރި ހައުސިން ޔުނިޓުގެ މަސައްކަތްތައް ނިންމަން ދޮންބެޒް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި އެވެ. މި ހައުސިން ޔުނިޓުތަކަތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީ...

06 Apr 2021 | 08:57

ކުޅުދުއްފުށީ ސިޓީގައި އިމާރާތް ކުރަން ފަށާފައި ހުރި ހައުސިން ޔުނިޓުގެ މަސައްކަތްތައް ނިންމަން ދޮންބެޒް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި އެވެ.

މި ހައުސިން ޔުނިޓުތަކަތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު އަޅަން ފެށި ތަންތަނެވެ. މިމަސައްކަތް ހުއްޓުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު އެވެ.

ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓުގެ ޑިރެކްޓާ ޖެނެރަލް އަހްމަދު ވިޝާން ނަސީމް އެވެ. ދޮންބެޒް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ހެޑް އޮފް އޮޕަރޭޝަން އަލީ ހަމްދޫން އެވެ.

ދޮންބެޒް ކުންފުންޏަށް މަސައްކަތް ހަވާލުކުރީ 47 މިލިއަން ރުފިޔާ އަށެވެ.

މި މަސައްކަތް އެ ކުންފުނިން ނިންމަން ޖެހެނީ 240 ދުވަހުގެ ތެރޭގައި އެވެ.

މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން 105 ހައުސިން ޔުނިޓު ނިންމުމަށް ކުރަން ހުރި ހުރިހާ މަސައްކަތެއް ކުރާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް