ވ. އަތޮޅޫގައި އޮންނަ ތިނަދޫ މޮނިޓަރިންގެ ހާލަތުން ވީއްލިއްޖެއެވެ.
މީގެ ކުރިން، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެ ރަށު ކައުންސިލަށް ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ ތިނަދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. އަދި މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަ ނެތި އެ ރަށަށް އަރައި ފޭބުމަކީ މަނާ ކަމެއް ކަމަށެވެ.
ނަމަވެސް، ދާދި ދެންމެއަކު އެޗްއީއޯސީން މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ ރަށުން މޮނިޓަރިންގެ ހާލަތު އުވާލާފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ތިނަދޫ މޮނިޓަރިންގއަށް ލީ ފަތުރުވެރިއަކު ފައްސި ވެގެންނެވެ. މޮނިޓަރިންގެ ހާލަތަށް ގެނައީ ކޮންޓެކްޓް ޓްރޭސިން ހަދާ ނިމެންދެންނެވެ.
ތިނަދޫގެ އިތުރުން އދ. މަހިބަދޫ އާއި މާމިގިލި ވެސް އޭރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި އެވެ.
އެޗްޕީއޭއިން އާންމު ކުރި އެންމެ ފަހުގެ މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި އެންމެ ހަލުވި ކަމާއި އެކު ކޯވިޑް ފެތުރެމުން ދަނީ ޅ. ނައިފަރުގަ އާއި ކ. ހުރާގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް