ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު އިތުރު ކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު މިހާރު ހަމަވާނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށެވެ. އެ ދުވަހުގެ މެންދުރު12:30 ގެ ނިޔަލަށް ފޯމު ހުށަހެޅޭނެ އެވެ.
މިގޮތަށް ހަމަޖެއްސީ މިމަހުގެ 11 އަދި 12 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެެޅުމުންނެވެ.
އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފޯމް ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.
އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލީ ކުރިން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ފަރާތްތަކުގެ ނަންތަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައި ނުވާތީ އެވެ. އެ ނަންތަކަށް ރުހުން ނުދޭން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ނިންމީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނަންނަ މަޖިލީހަށް ފޮނުވުމުން ދިރާސާ ކުރުމަށް ފަހު އެވެ.
އެޗްއާރުސީއެމްގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ އާމިނަތު ޝަފާއަތު އަބްދުއްރައްޒާގާއި, މުއުމިނާ ވަހީދުގެ އަދި ޑރ. އަހުމަދު އަދުހަމް އަބްދުﷲ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް