މިހާތަނަށް ކުރެވިފައިވާ ދިރާސާތަކުގެ ތެރެއިން ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި ބޭވަފާތެރިވާ މީހުންގެ ތެރެއިން %70 މީހުންނަކީ ފިރިހެނުންނެވެ. މިއީ އަންހެނުން ބޭވަފާތެރިވާކަމަށް ދައްކާފައިވާ ޙާލަތްތަކަށްވުރެ ދެގުނައާއި ގާތަށް މަތީ ނިސްބަތެކެވެ. ފިރިހެނުން ޚިޔާނާތްތެރިވުން ނުވަތަ ބޭވަފާތެރިވުން ގުޅިފައިވަނީ، ލޯބީގެ ބޭނުމަށްވުރެ، ޖިންސީ އެދުންތަކާއިއެވެ. އަދި ފިރިހެނުންގެ ތެރެއިން، އެމީހުންގެ ޢުމުރުން ދުވަސްވުމުން، ބޭވަފާތެރިވާން ފައްޓާ މީހުންވެސް ވަރަށް ގިނައެވެ. މުސްކުޅިންގެ މަރުޙަލާގައި މިކަން ފެއްޓެނީ، ޙަޔާތުގެ ޚަރީފް މޫސުން އައުމުން،، ނިކަމެތިކަމާއި، މާޔޫސްކަމުގެ އިޙްސާސް އުފެދުމުގެ ސަބަބުންކަމަށް ކުރެވިފައިވާ ދިރާސާތަކުންވަނީ ކަށަވަރުކަމައިއެކު ހޯދިފައެވެ.
އެ ކަމަކު އެ ވާހަކަ ބާއްވާފައި މި ފަހަރު މި ދައްކަން އުޅެނީ ބޭވަފާތެރިވާ އަންހެނުން އެކަން ކުރާ މައިގަަނޑު ސަބަބުތަކުގެ ވާހަކައެވެ. ފުރަތަމަ ކަމަކަށް އިތުބާރުގެ މައްސަލައެވެ. މަޑުމަޑުން ނަމަވެސް އިތުބާރު ގެއްލެން ފަށައިފި ނަމަ ބޭވަފާތެރިވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. ބައެއް އަންހެނުންގެ ކިބައިން ފެންނަ ޝައްކު ބަލީގެ ސަބަބުން ވެސް ބައިވެރިޔާއަށް އިތުބާރު ނުކުރެވޭތަން ފެނެއެވެ. ހަމަ އެހެންމެ، ފިރިހެނުން އެ މީހުންގެ ބައިވެރިންނަށް އިތުބާރު ނުކުރުމަކީ ވެސް ބޭވަފާތެރިވުމާ ހަމަޢަށް ދާނޭ ކަމެކެވެ. އިތުބާރަކީ އެކަމެއްގެ މައްޗަށް ދިރިއުޅުމެއް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެންމެ މުހިންމު އެއް މަސްދަރެވެ. އިތުބާރަކީ ހޯދަން އުނދަގޫ ކަމަކަށް ވީއިރު އިތުބާރޭ މިކިޔާ އެއްޗެއް ގެއްލެން ނަގަނީ ކުޑަ ހިނދުކޮޅެކެވެ. ގެއްލިއްޖެ އިތުބާރަކީ އަނބުރާ ހޯދޭނެ އެއްޗެއް ނޫނެކޭ ބުނެވެނީ މިސަބަބަށް ޓަކައެވެ. ޒަވާޖީ ހަޔާތަކަށް ފުރާ ފުރިހަމަ ވާއިރު ދިރިއުޅުމުގެ ގުޅުންތަކުގެ ނާޒުކުކަން ވިސްނައި ނުލެވޭ ފަހަރު އާދެއެވެ. މިފަދައިން ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކުގެ ސަބަބުން ކައިވެނީގެ ގޮށް މޮހާލާތަން ފެންނަނީ މަދަކުން ނޫނެވެ.
ދޭންޖެހޭ އަޅާލުން ނުދެވުމާއި ބަހައްޓަންޖެހޭ އޯގާތެރިކަން ނުބެހެއްޓުމަކީ ވެސް އަންހެނުން ވަރަށް ފަސޭހައިން ބޭވަފާތެރިވާ ސަބަބެކެވެ. އެހްެކަމުން މިއި ފިރިހެނުން ވަރަށް ސަމާލުވާންޖެހޭ ކެމެކެވެ. ފިރިހެނަކަށް ވުރެ ބޮޑަށް އަންހެނުންގެ އެ "އެކްސްޕެކްޓޭޝަން" މަތި ވާނެއެވެ. މާނައަކީ ފިރިހެނަކަށް ވުރެ ބޮޑަށް އަންހެނަކަށް މި ބުނާ އަޅާލުމާއި އޯގާތެރިކަން ބޭނުންވާނެ އެވެ. މިއީ ގިނަ ހޯދުންތަކުގެ އަލީގައި އެއްވެސް ޝައްކެތް ނެތް ވަރަށް ޔަގީންވެފައިވާ ކަމެކެވެ. ކޮންމެ މީހަކު ވެސް ބައިވެރިޔާގެ ފަރާތުން އަޅާލުމާއި އޯގާތެރިކަން ބޭނުންވާނެއެވެ. އަދި ބޭނުންވާ މިންވަރަށް މި ކަންކަން ހާސިލުވާ ނަމަ އެ ގުޅުމެއް ބަދަހިކަމާއެކު އޮންނާނެއެވެ. ބޭވަފާތެރިވާ ހިސާބަކަށް ޔަގީނުން ނުދާނެއެވެ.
އިތުރު ކަމަކަށް ބަލައިލާއިރު، ދަންނާމްޖެހޭ ހަގީގަތަކީ، ކަމަކުން ކަމަކާ ނުލައި ފާޑުކިޔުމަކީ ވެސް އަންހެނުންނަށް މާ ކަމުދާ ކަމެއް ނޫނެވެ. މާ އަވަހަށް "ޖަޖް" ކުރެވޭ ނަމަ އަންހެނުން އެ މީހުންގެ ބައިވެރިން މަތިން ފޫހިވެއެވެ. ބައިވެރިޔާ މަތިން ފޫހިވުމަކީ ބޭވަފާތެރިވާން މަގުފަހިކުރުވާނެ ކަމެކެވެ. ބައިވެރިޔާ ކުރާ ރަނގަޅު ކަންކަން ބަލއިގަތުމުގެ ބަދަލުގައި ނުރަނގަޅު ނުވަތަ ހިތްމަރައިލާ ޒާތުގެ "ކޮމެންޓްތައް" ކުރުމަކީ އެއްވެސް ހާލެއްގައި ރަނގަޅު ކަމަކަށް ނުވާނެއެވެ. އެހެންކަމުން ބައިވެރިޔާގެ ކަންކަމަށް ރަނގަޅު ގޮތުގައި ފާޑު ނުކިޔޭ ނަމަ ހަނު ހުރުން މުހިންމެވެ. ނޫނީ އާޚިރު ނަތީޖާ ގޯސްވާނެއެވެ.
ވަގުތާއި އިހުތިރާމަކީ ވެސް ގުޅުމެއް ދެމެހެއްޓުމުގެ މުހިންމު އަސާސެކެވެ. އަންހެނުން ބޭވަފާތެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ދޭންޖެހޭ އިހުތިރާމާއި ގަދަރު ނުދިނުމެވެ. ދޭންޖެހޭ ވަރަށް ވަގުތު ނުދެވުމެވެ. ގިނަ ފަހަރު ވަގުތު ނުދެވޭ ހާލަތަކަށް ވެފައި އޮންނަނީީ މާ ގިނައިރު އޮފީހުގައި ބިޒީވުމެވެ. އެތައް ވަގުތެއް މަސައްކަތުގައި ބިޒީވުމެވެ. އަދި މަސައްކަތުގައި އުޅޭއިރު ބައިވެރިޔާ ގުޅައިފި ނަމަ ފޯނަށް ޖަވާބު ނުދެވުން އާންމު ކަމަކަށް ވުމެވެ. ގިނަ ފިރހެނުން ފޯނަށް ޖަވާބު ނުދެވުނީ އޮފީހުގައި ބިޒީ ކަމުން ކަމަަށް ބުނާނެއެވެ. ނަމަވެސް އަބަދު އޮފީހުގައި އެހައި ބިޒީ ވާނަމަ އޭނާ ކުރާ އެވަރުގެ މަސައްކަތެއް ވެސް އޮންނާނެއެވެ. ސިކުނޑިން ތިބާ ވިސްނާލާށެވެ. ކުޑަ ހުސްވަގުތެއް ލިބުނަސް "ކޯލް ބެކް": ކުރެވޭނެ ނޫން ހެއްޔެވެ؟
ފަހު ކަމަކަށް މިއޮތީ އެންމެ ބޮޑު މައްސަލ؛ައެވެ. ލޯބި ނުދެވުމެވެ. ފިރިހެނުންގެ ފަރާތުން ލިބެންޖެހޭ ލޯބި ނުލިބޭ ނަމަ އަންހެނުން ބޭވަފާތެރި ވެއެވެ. އޭނާއަށް ލޯބި ނުލިބޭ ނަމަ ލޯބި ދެވޭ ވަރުގެ މީހަކު ހޯދާނެއެވެ. ލޯތްބަކީ ކުޅޭކުޅޭ ކުޅިވަރެއް ނޫނެވެ. ލޯތްބާއި ނުލައި ގުޅުން ދެމެހެއްޓުމަކީ ނާދިރު ކަމެކެވެ. އެއްވެސް މީހަކު ލޯބިނުވާ މީހަކާ އެކު ނޫޅޭނެއެވެ. ތިބާއަކީ އެންމެ ރަނގަޅު މީހާ ކަމަށް އޭނާ ގާތު އަބަދު އަބަދު ހަނދާން ކޮށްދޭނަމަ އެއީ އަދި ހަޤީޤީ ލޯބި ކަމަށް ނުވެދާނެއެވެ. އޭނާ އެއުޅެނީ ތިބާ އޭނާ އަށް ޝައްކެތް ކޮށްފާނެތީ އެކަން ފޮރުވަން ކަމަށް ވެސް ވެދާނެއެވެ. ލޯތްބާ ގުޅުންހުރި މިފަދަ ޝައްކުތަކުގައި ވެސް އަންހެނުން ބޭވަފާތެރިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް