ބޮލީވުޑްގެ ބަތަލާ ދިއާ މިރުޒާ ބަލިވެ އިނީ ކައިވެނީގެ ކުރިން ކަމަށް އެންމެ ފަހުން އެއްބަސް ވެއްޖެ އެވެ.
ދިޔާ މިރުޒާ އާއި ވިޔަފާރިވެރިޔާ ވައިބާވް ރޭކީ ކައިވެނި ކުރީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެވެ.
ކައިވެންޏަށް ދެ މަސް ނުވަނީސް މިދިޔަ މަހު ރާއްޖެއަށް ކުރި ހަނީމޫން ދަތުރަށް ފަހު ދިޔާ ވަނީ ސަޕޯޓަރުންނާއި މީޑިއާ އަދި ފިލްމީ ދާއިރާ ސިއްސުވާލާފައި އެވެ.
ޗުއްޓީއަށް ފަހު އެނބުރި ގައުމަށް ގޮސް ހިއްސާ ކުރި ފޮޓޯއެއްގައި ފެންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރި ރިސޯޓުގައި އިރު އޮއްސޭ މަންޒަރު އަރާ ގޮތަށް ދިއާ ހުއްޓިލައިގެން ހުންނަ ތަނެވެ. އެ ފޮޓޯއިން ވަރަށް ރަނގަޅަށް އޭނާ ބަނޑުބޮޑުކަން އެނގެ އެވެ.
ފޮޓޯ ހިއްސާ ކުރުމަށް ފަހު ބުނެފައިވަނީ އޭނާ ފުރަތަމަ ދަރިފުޅު ލިބެން އުޅޭކަމަށެވެ. މި ޕޯސްޓާއި އެކު އެއްބަޔަކު މަރުހަބާ ކީއިރު ގިނަ މީހުން ކުރީ މަލާމާތެވެ. ގިނަ މީހުން ވަނީ ދިއާ އާއި ވައިބާވް ކައިވެނި ކުރީ ބަލިވެ އިނުމުންތޯ ސުވާލު ކޮށްފައި އެވެ.
އަދި ކައިވެންޏާއި އެކު ދަރިއަކު ލިބެން އުޅޭކަން އިއުލާނު ނުކޮށް ލަސްކުރީ ކައިވެނިކުރި ފަހުން ލިބެން އުޅޭ ދަރިއެއްކަން ދެއްކުމަށްތޯ ސުވާލުކޮށްފައިވެ އެވެ.
މިސުވާލުތަކަށް ކެއް ނުކުރެވިގެން އެންމެ ފަހުން ދިއާ ވަނީ ބަލިވެ އިނީ ކައިވެނީގެ ކުރިން ކަމަށް އެއްބަސްވެފައި އެވެ. އޭނާ ބުނީ ކައިވެނީގެ ކުރިން ބަލިވެ އިންކަން ހާމަ ނުކުރީ ސިއްހީ ސަބަބުތަކަކަށް ޓަކައި ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
ދިއާ ބުނީ ކައިވެނީގެ ކުރިން ބަލިވެ އިނަސް ދެމީހުން ކައިވެނި ކުރީ އެކަން ފޮރުވައި މަތިޖެހުމަށް ނޫން ކަމަށެވެ. ބަލިވެ އިން އިރު ކައިވެނި ކުރަން އޮތީ ނިންމާފައިކަމަށް ބުންޏެވެ.
ދިއާ މިރްޒާ އޭއި އޭނަގެ ފިރިމީހާ ވައިބަވް ކައިވެނި ކޮށްފައިވަނީ ދިއާގެ ގޭގައި، ދެމީހުންގެ އާއިލާއާއި ގާތް ރައްޓެހިންނާއެކު ބޭއްވި ހަފްލާއެއްގައެވެ. މި ހަފްލާގައި މާގިނަ ބަޔަކު ބައިވެރިވެފައެއް ނުވެއެވެ.
އެކަމަކު ހަފްލާގެ ފޮޓޯތައް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވެ ގިނަ ބައެއްގެ ސަމާލުކަން އެ ކައިވެންޏަށް ހުއްޓުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް