ޕާރކުތަކާއި މައިޒާންތައް ރަމަޟާންމަހު ހުޅުވާނެ ގަޑިތައް އާއްމުކޮށްފި

ޕާރކުތަކާއި މައިޒާންތައް ރަމަޟާންމަހު ހުޅުވިފައި ހުންނަ ގަޑިތައް ސިޓީކައުންސިލުން އާއްމުކޮށްފިއެވެ. މާލޭ ސިޓީ ކައުންސިލުން ބުނެފައި ވަނީ، މިފަދަ ގޮތަކަށް ގަޑިތައް ހަމަޖެއްސީ،  މާލޭސިޓީގައި ދިރިއުޅޭ އާ...

06 Apr 2021 | 04:59

ޕާރކުތަކާއި މައިޒާންތައް ރަމަޟާންމަހު ހުޅުވިފައި ހުންނަ ގަޑިތައް ސިޓީކައުންސިލުން އާއްމުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައި ވަނީ، މިފަދަ ގޮތަކަށް ގަޑިތައް ހަމަޖެއްސީ،  މާލޭސިޓީގައި ދިރިއުޅޭ އާއިލާތަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސް ދެއްވުމުގެ ގޮތުން ކަމަށެވެ.

އެގޮތުން މާލޭސިޓީ ކައުންސިލުން ތަރައްޤީކޮށް ބަލަހައްޓަމުން ގެންދާ ޕާރކުތަކާއި މައިޒާންތައް 1442 ވަނަ އަހަރުގެ ރަމަޟާންމަހު ހުޅުވިފައި ހުންނަ ގަޑިތަކަށް ބަލާނީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޝައްވާލުމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރަމަޟާންމަހު ޕާކުތައް ހުޅުވިފައި ހުންނަ ގަޑިތަކަށް ބަލާއިރު، ލޮނުޒިޔާރަތް ޕާކާާއި ސަލްޓަން ޕާރކް ހަވީރު 16:00 ން 17:45 ށް، އަދި ރޭގަނޑު 21:00 ން 23:00 ށް ހުޅުވިފައި ހުންނާނެއެވެ.

ނަމަވެސް އެހެނިހެން ޕާރކުތަކާއި މައިޒާންތައް ކުރިއެކޭވެސް އެއްގޮތަށް ޢާއްމުކޮށް ހުޅުވިފައި ހުންނާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް