ކުޅުދުއްފުށީ ސިޓީގައި ކޯވިޑް-19 ވެކްސިން ކެމްޕެއިންގެ ދަށުން ކޮވިޝީލްޑްގެ ދެވަނަ ޑޯޒު ޖަހަން ފަށައިފި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ އެ ސިޓީގައި ކޮވިޝީލްޑް ދެވަނަ ޑޯޒު ޖަހައިދޭން ފެށީ މިއަދު ކަމަށެވެ. ވެކްސިން ޖެހުން ކުރިޔަށް ދަނީ އަމީރު އަމީން ސްކޫލްގައި އެވެ.
އެ ހޮސްޕިޓަލުން ބުނީ ކޮވިޝީލްޑް ދެ ވަނަ ޑޯޒު ދިނުމަށް އަދި ހަމަޖައްސާފައިވަނީ ތިން ދުވަހު ކަމަށެވެ. އެއީ މިއަދާއި މާދަމާ އަދި ބުރާސްފަތި ދުވަހު އެވެ.
އެ ސިޓީގައި މި ތިން ދުވަހު ދެވަނަ ޑޯޒު ޖަހައިދެމުންދާނީ މިދިޔަ ފެބްރުއަރީ އަށްވަނަ ދުވަހުގެ ނިޔަލަށް ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒު ޖެހި މީހުންނަށެވެ. އެ މުއްދަތުުގައިި ވެކްސިން ޖަހާފައިވާ ކޮންމެ މީހަކަށްވެސް އެ ސްކޫލަށް ގޮސް ވެކްސިން ޖެހޭނެ އެވެ.
ދެވަނަ ޑޯޒު ޖަހަން ދާ މީހުން ވެކްސިން ކާޑާއި އައިޑީކާޑު، ލައިސެންސް ކާޑު ނުވަތަ ޕާސްޕޯޓު ގެންދިއުމަށް އިލްތިމާސްކޮށްފައިވެ އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ ދެވަނަ ޑޯޒު ޖަހައިދޭ މުއްދަތުގައި ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒު ޖެހުމުގެ ފުރުސަތުވެސް އޮންނާނެ އެވެ.
ކުޅުދުއްފުށީގައި ކޯވިޑް-19 ވެކްސިން ދޭން ފެށީ ރާއްޖޭގައި ވެކްސިން ދޭން ފެށި ދުވަސްކަމަށްވާ ފެބްރުއަރީ އެއް ވަނަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް