ކަރީނާ ހަގު ދަރީގެ ފޮޓޯ ކާފައަށް އޮޅިގެން އިންސްޓަގްރާމް ކުރެވިއްޖެ، ސަލާމަތެއް ނުވެވުނު!

ބޮލީވުޑްގެ ބަތަލް ސައިފް އަލީ ހާން އާއި ބަތަލާ ކަރީނާ ކަޕޫރުގެ ދެ ވަނަ ދަރިފުޅުގެ މޫނު ފެންނަ ފޮޓޯއެއް އަދި އާންމުވެފައެއް ނުވެ އެވެ. ކަރީނާ ދެވަނަ ދަރިފުޅު ވިހެއީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވ...

06 Apr 2021 | 03:29

ބޮލީވުޑްގެ ބަތަލް ސައިފް އަލީ ހާން އާއި ބަތަލާ ކަރީނާ ކަޕޫރުގެ ދެ ވަނަ ދަރިފުޅުގެ މޫނު ފެންނަ ފޮޓޯއެއް އަދި އާންމުވެފައެއް ނުވެ އެވެ.

ކަރީނާ ދެވަނަ ދަރިފުޅު ވިހެއީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ. މިހާތަނަށް އައި އިރު ކުއްޖާގެ މޫނު ފެންނަ ފޮޓޯއެއް އާއިލާއިން އާންމުކޮށްފައި ނުވާތާ އެ ކުއްޖާއަށް ކިޔާ ނަންވެސް ހާމައެއް ނުކުރެ އެވެ.

ކަރީނާގެ ހަގު ދަރިފުޅުގެ ފޮޓޯއެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ތިއްބަ އޭނާގެ ބައްޕަ ރަންދީރު ކަޕޫރު ވަނީ އެ ކުއްޖާގެ މޫނު ފެންނަ ފޮޓޯއެއް އާންމުކޮށްފައި އެވެ. އެ ފޮޓޯގައި ފެންނަނީ ކަރީނާގެ ދެ ވަނަ ދަރިފުޅާއި ފުރަތަމަ ދަރިފުޅު ތައިމޫރު އަލީ ހާންގެ ކުޑައިރުގެ ފޮޓޯއެއް އެއްކޮށްލާފައި އިންދައެވެ.

ފޮޓޯލީތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ރަންދީރު ވަނީ އެ ފޮޓޯ އިންސްޓަގްރާމުން ޑިލީޓު ކޮށްލާފައި އެވެ. އެކަމަކު އެވީ ސިކުންތުކޮޅުގެ ތެރޭގައި އޭނާގެ އެތައް ސަޕޯޓަރުންނެއްވަނީ އެ ފޮޓޯގެ ސްކްރީން ޝޮޓު ނަގާފައި އެވެ.

ފޮޓޯގައި އެވަނީ ކަރީނާގެ ހަގު ދަރިފުޅުކަމަށް ވާނަމަ ތައިމޫރު ކުޑައިރާއި ވަރަށް ވައްތަރެވެ.

އެންމެ ފުރަތަމަ ޕަޕަރާޒީން ކަރީނާ ހަގު ދަރިފުޅުނު ފޮޓޯ ނަގަން މަސައްކަތް ކުރީ ހޮސްޕިޓަލުން ދޫކޮށްލި ދުވަހު ގެއަށްދާން އުޅުމުގެ ތެރޭގައި އެވެ. އެ ދުވަހު ފޮޓޯ ނެގިފައިވަނީ ކުއްޖާ ބަލަހައްޓާ ނޭނީ ކާރު ތެރޭގައި އެ ކުއްޖާ އުނގައް ލައިގެން ފޮތިގަނޑެއް އަޅައިގެން އިންދައެވެ. ކުއްޖާގެ މޫނު އެއްވެސް ފޮޓޯއަކަށް ނޭރި އެވެ.

މިއަހަރުގެ އަންހެނުންގެ ދުވަހު ކަރީނާ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ހުރީ ހަގު ދަރިފުޅު އުރާލައިގެންނެވެ. އެކަމަކު އެ ފޮޓޯއިންވެސް ފެންނަނީ ކުއްޖާގެ ބޮލުގެ ފުއްކިބައެވެ.

ކަރީނާ މިހާރު ވަނީ ވިހައި ގަދަވެގެން ހަށިގަނޑުގެ ބައްޓަން ކުރިން ހުރި ގޮތަށް ގެނައުމަށް ކަސްރަތު ކުރަން ފަށާފައި އެވެ.

ކަރީނާއާއި ސައިފް ކައިވެނި ކުރީ 2012 ވަނަ އަހަރުގެ އެވެ. ދެމީހުންނަށް ފުރަތަމަ ދަރިފުޅުނު ތައިމޫރު ލިބުނީ 2015 ވަނަ ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް