މާލޭގަ ގެއްލިގެން ހޯދި މީހަކު ގޭގެ ވައިގޮޅިއަށް ވެއްޓި މަރުވެފައި އޮއްވަ ފެނިއްޖެ

މާފަންނު ގެއަކުން ގެއްލިގެން ހޯދަމުން ދިޔަ މީހަކު އެގޭގެ ވައި ގޮޅިއަށް ވެއްޓި މަރުވެފައި އޮއްފަ ފެނިއްޖެ އެވެ. އެމީހާ ގެއްލިގެން ހޯދަން ފަށާފައިވަނީ މިއަދު ހެނދުނު އެވެ. ފުލުހުން ބުނީ އެމީހާ ގެއްލިގެނ...

06 Apr 2020 | 18:40

މާފަންނު ގެއަކުން ގެއްލިގެން ހޯދަމުން ދިޔަ މީހަކު އެގޭގެ ވައި ގޮޅިއަށް ވެއްޓި މަރުވެފައި އޮއްފަ ފެނިއްޖެ އެވެ.

އެމީހާ ގެއްލިގެން ހޯދަން ފަށާފައިވަނީ މިއަދު ހެނދުނު އެވެ. ފުލުހުން ބުނީ އެމީހާ ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހުންނަށް ކުރީ މިރޭ10:17 ހާއިރު ކަމަށެވެ.

ގެއްލިގެން ހޯދީ37 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ އެ ގެއަށް ގޮސް އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވައިގޮޅީ ތެރޭގައި އޮއްވަ ފެނުނީ މިރޭ ގާތްގަނޑަކަށް10:36 ހާއިރު ކަމަށެވެ. އަދި އެމީހާ ފުލުހުންގެ އެހީތެރިކަމާއި އެކު އައިޖީއެމްއެޗަށް ގެންދެވުނު ކަމަށެވެ.

ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް