މިއަދު ކަންފަސޭހަކޮށްފި ނަމަ ރާއްޖެ ނުފެންނާނެ: އަމީން

މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19 އާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާއި އެންގުންތަކަށް ކަންފަސޭހަކޮށްފި ނަމަ ރާއްޖެ ހޯދައި ނުފެންނާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެ...

06 Apr 2020 | 11:28

މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19 އާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާއި އެންގުންތަކަށް ކަންފަސޭހަކޮށްފި ނަމަ ރާއްޖެ ހޯދައި ނުފެންނާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކޯވިޑް-19 އަށް ޓެސްޓްކުރެވޭ ސާމްޕަލް ނެގުމަށް 5،000 ޓެސްޓް ކިޓް ރާއްޖެ އަށް ހަވާލުކުރުމުގެ ރަސްމިއްޔާތަށް ފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ މިހާރު ވެސް ފެތުރެމުންދާ ވައިރަސްގެ ހާލަތު އަދި ރަނގަޅު ނުވާ ކަމަށާއި ހާލަތަށް ބަދަލެއް ނާންނަ ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއެކުގައި ވައިރަސް ފެތުރެމުންދާތީ އަދި ހަމަޖެހިލައިގެން ތިބެވެން ނެތް ކަމަށް ވެސް މިނިސްޓަރު އިޝާރާތްކުރައްވަމުން ވިދާޅުވީ ކޯވިޑް-19 ވައިރަސްގެ ހާލަތު މިއަކީ ލުއި ކަމެއްގެ ގޮތުގައި އަދި ވެސް ދެކެވެން ނެތް ކަމަށެވެ.

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން ސަރުކާރު ބަންދުކޮށް އިޖުތިމާއީ ގައިދުރުކުރުމަށް ބާރުއެޅުމަށް ތަފާތު މަސައްކަތްތައް ވަނީ ފަށާފަ އެވެ. ރާއްޖެއިން 19 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ އިރު 13 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް