ސިވިލް ސާވިސް މުވައްޒަފުންނަށް ދިރާގުން އިންޓަނެޓް ހިލޭ ދެނީ

ދިރާގާއި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ ގުޅިގެން ސިވިލް ސާވިސް މުވައްޒަފުންނަށް ސަރުކާރުގެ ވިއުގަތަކަށް ހިލޭ އެކްސެސް ދީފި އެވެ. ދިރާގުން ބުނީ މިއީ ކޯވިޑް-19 އާ ގުޅިގެން ސަރ...

06 Apr 2020 | 10:45

ދިރާގާއި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ ގުޅިގެން ސިވިލް ސާވިސް މުވައްޒަފުންނަށް ސަރުކާރުގެ ވިއުގަތަކަށް ހިލޭ އެކްސެސް ދީފި އެވެ.

ދިރާގުން ބުނީ މިއީ ކޯވިޑް-19 އާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވުމުން، ސަރުކާރުގެ މުވައްޒަފުންނަށް ގޭގައި ތިބެގެން އޮފީސް މަސަކަތްކަތް ކުރުމަށް ލުއިފަސޭހަ ފޯރުކޮށްދިނުމުގެ ގޮތުން ކުރަން ނިންމި ކަމެއް ކަމަށެވެ. އެގޮތުން ދިރާގުން ފޯރުކޮށްދޭ ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓްގެ ޒަރިއްޔާއިން މިހާރު ސަރުކާރުގެ ވިއުގަތަކަށް މުވައްޒަފުނަށް ހިލޭ ވަދެވޭނެ ކަމަށް ދިރާގުން ބުނެ އެވެ. އަދި މިއާއެކު  ސަރުކާރު މުވައްޒަފުންނަށް ރައްކާތެރިކަމާއެކު ސަރުކާރުގެ އެކި ޕޯޓަލް ތަކަށް ހިލޭ ވަދެވި، ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް އޮންލައިންކޮށް ފަސޭހަކަމާއެކު ކުރެވުމަށް މަގުފަހިވެގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ބުނީ މިދުވަސްވަރު ސަރުކާރުގެ ހުރިހާ އޮފީސްތަކާއި މުއައްސަސާތަކެއް ބަންދުކޮށްފައިވުމުން، ގޭގައި ތިބެގެން، ރިމޯޓް ވޯކިންގެ އެކި ވަސީލަތްތައް ބޭނުންކުރުމަށް އިންޓަނެޓްގެ ހިދުމަތް މުވައްޒަފުންނަށް މުހިންމުވެފައިވާ މިފަދަ ހާލަތެއްގައި، ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުގެ މުވައްޒަފުންގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދިޔުމަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް