ކޯވިޑް-19 އާއި ގުޅިގެން މުޅި ގައުމު ބަންދުކޮށްފައިވާ މެލޭޝިޔާގައި ތިބި ދިވެހިން ގެންނަން މޯލްޑިވިއަން އިން ޓިކެޓު ވިއްކަން ފަށައިފި އެވެ.
އެ އެއާލައިނުން ބުނީ މި ދަތުރުގެ ޓިކެޓު ރާއްޖޭ ގަޑިން މިއަދު ހަވީރު5:00 ން ފެށިގެން އޮންލައިންކޮށް ގަނެވޭނެ ކަމަށެވެ. މި ފްލައިޓު އޮންނާނީ އަންނަ ބުދަ ދުވަހު މެލޭޝިޔާ ގަޑިން ހެނދުނު6:00 ގައި އެވެ.
މި ގަޑި ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފައިވެ އެވެ.
މެލޭޝިޔާއިން ރާއްޖެ އަންނަން އެއްކޮޅު ޓިކެޓުގެ އަގަކީ ގަތްގަނޑަކަށް 400 ޑޮލަރު (6،168 ދިވެހި ރުފިޔާ) ކަމަށް މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން ރޭ ވަނީ ބުނެފައެވެ. މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ވަނީ މެލޭޝިޔާއާ ދިވެހިރާއްޖެއާ ދެމެދު މޯލްޑިވިއަން އިން ބާއްވަން ރާވާފައިވާ ފްލައިޓުން މާލެ ދަތުރު ކުރަން ބޭނުންވާ ފަރާތްތަކުން، އެފަރާތްތަކުގެ މައުލޫމާތު ހައިކޮމިޝަނަށް ފޮނުވުން އެދޭ ކަމަށެވެ.
https://twitter.com/MaldivianAero/status/1247067823010013186
އިއްޔެ މޯލްޑިވިއަން އިން ވަނީ ޗާޓާޑް ފްލައިތެއްގައި ސްރީލަންކާގައި ތިބި100 ދިވެހިން ގެނެސްފައި އެވެ. އަދި މިއަދު އިންޑިއާގެ ކޮޗިންގައި ތިބި ދިވެހިން ގެންނަންވެސް ދަތުރު ކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް