މައުމޫންގެ ކޮއްކޯފުޅު މޫމިނާ އަވަހާރަވެއްޖެ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު، މޫމިނާ އަބްދުލްގައްޔޫމް މިއަދު އަވަހާރަވެއްޖެ އެވެ. އާއިލާގެ ބޭފުޅަކު މީޑީއަށް ބުނެފައިވަނީ އުމުރުފުޅުން 80 އަހަރުގައި މޫމިނާ އ...

06 Apr 2020 | 08:47

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު، މޫމިނާ އަބްދުލްގައްޔޫމް މިއަދު އަވަހާރަވެއްޖެ އެވެ.

އާއިލާގެ ބޭފުޅަކު މީޑީއަށް ބުނެފައިވަނީ އުމުރުފުޅުން 80 އަހަރުގައި މޫމިނާ އަވަހާރަވީ ބޮޑު އާލާސްކަންފުޅެއްގައި އުޅުއްވާފައި ނޫން ކަމަށެވެ. މާލޭގައި ދިރިއުޅުއްވާ ގޭގައި މިއަދު ހެނދުނު ވެސް އުޅުއްވީ ހެޔޮހާލުކޮޅުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އާއިލާއިން ބުނީ މޫމިނާ މިއަދު ސައި ބައްލަވައިގެން، އޮށޯވެވަޑައިގެން ހޭފުޅު ލެއްވުން ލަސްވެގެން ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ އަވަހާރަ ވެފައިކަމަށެވެ.

މައުމޫނާއި މޫމިނާ އަދި ކުރީގެ މިނިސްޓަރު އަބްދުﷲ ހަމީދަކީ އެއްބަނޑު އެއްބަފާ ތިން ބޭފުޅުންނެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި މޫމިނާއަކީ އެއްބަފާ ދެ ބޭފުޅުންނެވެ.

މޫމިނާ ކުރެއްވި ހިދުމަތް ތަކުގެ ތެރޭގައި ގިނަދުވަސް ތަކެއްވާދެން ގަލޮޅު އަވަށު އޮފީސް ހިންގުމުގެ އިތުރުން އެ އަވަށުގެ ތަރައްގީގައި އިސްކޮށް އުޅުއްވިއެވެ. އަދި މޫމިނާ އަކީ ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ގައުމީ މަރުކަޒުގައި ވެސް މަސައްކަތް ކުރެއްވި ބޭކަނބަލެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް