ހެކި ހުށަހެޅުމުންވެސް ބިދޭސީއަކަށް އަނިޔާކުރި ދެ ދިވެހިން އިންނަމާދޫ ކޯޓުން ދޫކޮށްލައިފި

ބިދޭސީއަކަށް އަނިޔާކުރި ރ. އިންނަމާދޫ ދެމީހަކު އެ ރަށު ކޯޓުން ދޫކޮށްލައިފި އެވެ. ފުލުހުން ބުނީ އެ ދެމީހުން ބިދޭސީ މީހާއަށް އަނިޔާކޮށް މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިމަހުގެ ހަތަރު ވަނ...

06 Apr 2020 | 08:13

ބިދޭސީއަކަށް އަނިޔާކުރި ރ. އިންނަމާދޫ ދެމީހަކު އެ ރަށު ކޯޓުން ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ އެ ދެމީހުން ބިދޭސީ މީހާއަށް އަނިޔާކޮށް މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ. މި މައްސަލައިގަ ހައްޔަރު ކުރީ48 އަހަރާއި38 އަހަރުގެ ދިވެހި ފިރިހެނުންނެވެ.

އެމީހުން ވަނީ އެމީހާއަށް ހަމަލާދީ ނޭފަތާއި ލޯ ކައިރި ފަޅާލާފަ އެވެ. އަދި ލިބުނު އަނިޔާތަކުގެ ސަބަބުން އެމީހާގެ މުޅި މޫނު ވަނީ ދުޅަވެފައި އެވެ.

ފުލުހުން ބުނީ އަނިޔާ ލިބިފައިވަނީ28 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށް ކަމަށެވެ. އެމީހާ އަކީ އިންނަމާދޫގައި ނަރުދަމާ މަސައްކަތް ކުރަން އުޅޭ މަސައްކަތު މީހެކެވެ.

މިހާތަނަށް ބެލި ބެލުމުން ބިދޭސީ މީހާއަށް ހަމަލާދީ48 އަހަރުގެ ދިވެހި މީހާ ގޭގައި ހުރި ގަސްތަކަކަށް ފެންދޭއިރު ނަރުދަމާގެ މަސައްކަތުގައި ގެންގުޅޭ މެޝިނުތަކަށް ފެން އެޅޭ ކަމަށް އެ ބިދޭސީ މީހާ ބުނުމުން ކަމަށް ވެ އެވެ.

ފުލުހުން ބުނީ ދެ ދިވެހިން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް މުއްދަތު އިތުރު ކުރުމަށް އެ ރަށު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އެ ދެމީހުން ދޫކޮށްލީ އެވެ. ފުލުހުން ބުނީ ކޯޓުން އެމީހުން ދޫކޮށްލާފައިވަނީ އެމީހާއަށް ކުރި އަނިޔާތަކުގެ ފޮޓޯ އާއި ޑޮކްޓަރުގެ ލިޔުމާއި، މަންޒަރު ދުއްފަރާތުގެ ބަޔާންވެސް ހުށަހަޅާފައިވަނިކޮށް ކަމަށެވެ.

މިފަހަކަށް އައިސް ފުލުހުން ސީރިއަސް އެކި މައްސަލަތަކުގައި ހައްޔަރު ކުރާ މީހުން ކޯޓުން ދޫކޮށްލާ މައްސަލަތަކެއް ވަނީ ފާހަގަ ކުރެވިފައި އެވެ. އެގޮތުން އިސްލާމް ދީނަށް ފުރައްސާރަ ކުރި ގދ. ތިނަދޫ މީހަކު އެރަށު ކޯޓުން ދޫކޮށްލުމާއި މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރާ މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލައެއް ފާހަގަ ކުރެވުނެވެ.

މި މައްސަލަތަކުގައި ހިމެނޭ މީހުން ފަހުން ވަނީ ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް