ކޯވިޑް-19 އާ ގުޅިގެން ރާއްޖެ ނާދެވި، ލަންކާގައި ތާށިވެފައި ތިބި ދިވެހިންގެ ތެރެއިން 100 ދިވެއްސަކު ރާއްޖެ ގެނެސް ކަރަންޓީންކޮށްފި އެވެ.
މޯލްޑިވިއަންގެ ފްލައިޓުގައި މި މީހުން ރާއްޖެ ގެނެސްފައި ވަނީ ރޭ 9:45 ގަ އެވެ.
މީގެ ކުރިން މޯލްޑިވިއަނުން ބުނެފައިވާގޮތުން ލަންކާގައި ތިބި ދިވެހިން ގެންނާނީ 50 މީހުންގެ ޖާގައިގެ ދެ ބޯޓުގައެވެ. ނަމަވެސް ލަންކާގައި ދިރިއުޅޭ 100 ދިވެހިން ގެނެސްފައި މިވަނީ އެއް ފްލައިޓެއްގައި އެވެ.
އަދިވެސް ލަންކާގައި ރާއްޖެ އަންނަން ބޭނުންވެ ނާދެވިފަ ތިބި މީހުން ގެނައުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އިންޑިއާގެ ކޮޗިންގައި ތިބި ދިވެހިން ގެނައުމަށް ވެސް ފްލައިޓެއް ބާއްވަން ވަނީ ނިންމާފަ އެވެ. އެ ގައުމުން ދިވެހިން ގެނައުމަށް ބޭނުންކުރަނީ 200 މީހުންގެ ޖާގައިގެ ބޯޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް