އިތުރު ފީ އަކައި ނުލައި ވަކި މުއްދަތަކަށް ދަތުރު ފަސްކުރެވޭނެ: މޯލްޑިވިއަން

މޯލްޑިވިއަންއިން ދަތުރު ކުރުމަށް ދުރާލާ ޓިކެޓް ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ދަތުރު ފަސް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހިލޭ ދޭން ފަށައިފި އެވެ. ކޯވިޑް-19 އާއި ގުޅިގެން އެއްތަނުން އަނެއް ...

06 Apr 2020 | 06:20

މޯލްޑިވިއަންއިން ދަތުރު ކުރުމަށް ދުރާލާ ޓިކެޓް ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ދަތުރު ފަސް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހިލޭ ދޭން ފަށައިފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން އެއްތަނުން އަނެއް ދަތުރު ކުރުމަކީ ރައްކާތެރި ކަމެއް ނޫންކަމަށް އެޗްޕީއޭއިން ވަނީ އަންގާފައި އެވެ.

މޯލްޑިވިއަންގެ މާކެޓިން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ ދުރާލާ ބައެއް ދަތުރުތަކަށް ޓިކެޓު ނަގާފައިވާ ފަރާތްތައް އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރަށް އެ އެއާލައިން ކުރާ ދަތުރުތަކާއި އެތެރޭގެ ދަތުރުތަކުގެ ޓިކެޓު ހިމެނޭ ކަމަށެވެ.

މި ދުވަސްވަރުގެ ހާލަތަށް ބަލައި ލުއި ގޮތްތަކެއް ހަމަޖެއްސުމުގެ ގޮތުން އެ ކުންފުނިން ނިންމާފައިވަނީ ދަތުރު ފަސް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހިލޭ ދިނުމަށެވެ.

ވަސީމް ވިދާޅުވީ ރާއްޖެއިން ބޭރުގެ ދަތުރުތަކަށް ޓިކެޓު ނަގާފައިވާ ފަރާތްތަކަށް އެއްވެސް ފީއަކައި ނުލާ އެއް އަހަރު ދުވަހަށް ދަތުރު ފަސް ކުރެވިދާނެ ކަމަށެވެ. އަދި އެތެރޭގެ އުދުހުންތަކުގެ ދަތުރުތައް ފީއަކައި ނުލާ ހަމަހަށް ފަސް ކުރެވޭނެ ކަމަށެވެ.

މޯލްޑިވިއަންއިން ވަނީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއިން އޮންއެރައިވަލް ވިސާ ދޫކުރުން މެދުކަނޑާލުމުގެ މާ ކުރިން ބައެއް ބައިނަލް އަގުވާމީ ދަތުރުތައް މެދުކަނޑާލާފައި އެވެ. އެގޮތުން ޖެނުއަރީމަހުގެ ތެރޭގައި ޗައިނާއަށް ކުރަމުންދިޔަ ސީދާ ދަތުރުތައް މެދުކަނޑާލި އިރު މިދިޔަ މަހު ވަނީ ހަނިމާދޫން އިންޑިއާގެ ކޮޗިންއަށް ކުރި ދަތުރުތައް މެދުކަނޑާލާފައި އެވެ.

ކޯވިޑް-19 އާއި ގުޅިގެން ކުއްލިއަކަށް ދަތުރުތައް މެދުކަނޑާލަން ޖެހުނުއިރު ޗައިނާ އަކީ ރާއްޖެއަށް އެންމެ އަދަދެއްގެ ޓޫރިސްޓުން އަންނަ ގައުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް