ޓީސީ ކުޅުންތެރިން އިތުރު 14 ދުވަހު ކަރަންޓީންގައި ތިބެން ޖެހޭނެ

ރޭ ސްރީލަންކާގައިން ރާއްޖެ ގެނައި ޓީސީ ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން ރާއްޖޭގައިވެސް14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރަން ޖެހިއްޖެ އެވެ. ޓީސީ ސްޕޯޓްސް ކްލަބް ރާއްޖޭން ބޭރަށް ދިޔައީ ބަންގްލްދ...

06 Apr 2020 | 05:50

ރޭ ސްރީލަންކާގައިން ރާއްޖެ ގެނައި ޓީސީ ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން ރާއްޖޭގައިވެސް14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރަން ޖެހިއްޖެ އެވެ.

ޓީސީ ސްޕޯޓްސް ކްލަބް ރާއްޖޭން ބޭރަށް ދިޔައީ ބަންގްލްދޭޝްގައި އޮތް ފުޓުބޯޅަ މެޗަކަށެވެ. އެ ޓީމް އެ ގައުމުން އަންނަން ވީއިރު ކޯވިޑް-19 ގެ މި ސަރަހައްދުގެ ހާލަތު އިތުރަށް ގޯސްވާން ވަނީ ފަށާފައި އެވެ.

އެހެންވެ ސަރުކާރުން އެ ޓީމަށް އެންގީ އަވައްޓެރި ސްރީލަންކާގައި14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށް ފަހު ރާއްޖެއައުމުން ކަރަންޓީން ވާން ނުޖެހޭނެ ކަމަށެވެ. އެކަމަކު އެ ޓީމް ލަންކާގައި ތިއްބައި އެ ގައުމުގައި ވަނީ ކާފިއު އިއުލާނުކޮށް ވައިގެ ދަތުރުތައް ހުއްޓާލާފައި އެވެ.

އެހެންވެ މިދިޔަ މަހުން ފެށިގެން އެ ޓީމް ތިބީ ލަންކާގައި ތާށިވެފައި އެވެ. އަދި އެމީހުން ރާއްޖެ އައުމުގެ ކުރިން ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ އެންގެވުމަކުން ވަނީ ރާއްޖެ އަންނަ ޓޫރިސްޓުން ފިޔަވާ އެންމެން ކަރަންޓީން ވާން ޖެހޭނެ ކަމަށް ކަނޑައަޅާފައި އެވެ.

ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޓީސީއަށް ވަކި ގޮތަކަށް އަމަލު ކުރަން އެންގި ފަހުން ކޯވިޑް-19 ގައި ރާޢްޖެއިން އިތުރު ފިޔަވަޅުތަކެއް އަޅާފައިވާތީ އެ ޓީމާއި މެދު ދެން އަމަލު ކުރެވޭނީ މިހާރު އަމަލު ކުރަމުންދާ އުސޫލުން ކަމަށެވެ. އެގޮތުން އެ ޓީމްގެ ހުރިހާ މެންބަރުން ރާޢްޖޭގައިވެސް14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރަން ޖެހޭނެ އެވެ.

ރޭ ޓީސީގެ ކުޅުންތެރިންނާއި އެކު މޯލްޑިވިއަންގެ ޗާޓާޑް ފްލައިޓުގައި ލަންކާގައި ތާށިވެފައި ތިބި ޖުމްލަ103 ދިވެހިން ރާއްޖެ ގެނައި އެވެ. މި އެންމެން ކަރަންޓީންކޮށްފައިވާއިރު އެމީހުން ދޫކޮށްލާނީ14 ދުވަހަށް ފަހު ކޯވިޑް-19 އަށް ޓެސްޓު ކުރުމަށް ފަހު ނަތީޖާ ނެގެޓިވް ވެއްޖެ ނަމަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް