ރާއްޖޭގައި ވެކްސިން ޖެހި އަދަދު ދޮޅު ލައްކައާ ގާތަށް

ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ޖެހި މީހުންގެ އަދަދު ދޮޅު ލައްކައާއި ގާތްކޮށްފިއެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު ރާއްޖޭގައި 6،941 މީހަކަށް ވެކްސިން ދ...

06 Mar 2021 | 17:51

ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ޖެހި މީހުންގެ އަދަދު ދޮޅު ލައްކައާއި ގާތްކޮށްފިއެވެ.

އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު ރާއްޖޭގައި 6،941 މީހަކަށް ވެކްސިން ދީފައިވާއިރު، މިހާތަނަށް ވެކްސިން ދެވުނު ޖުމްލަ އަދަދު މިވަނީ 145،768 އަށް އަރާފައެވެ.

މިއަދު މާލެ ސަރަހައްދުގައި 2،154 މީހަކަށް ވެކްސިން ޖަހާފައިވާއިރު އަތޮޅުތަކުން 4،787 މީހަކަށް ވެކްސިން ޖަހާފައިވެއެވެ.

ޖުމްލަ އަދަދު 145،768އަށް އަރާފައިވާއިރު އެއީ މާލެ ސަރަހައްދުން 87،045 އަދި އަތޮޅުތަކުން 58،723 އެވެ.

ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ދޭން ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް