ކޮވިޑްގައި 64 ވަނަ އަށް ނިޔާވި މީހާ، ފައްސިކަމުގެ ހަބަރު ދެމުން ކަންބޮޑު ނުވުމަށް ބުނިން: ޑޮކްޓަރ

ރާއްޖޭގައި ކޮވިޑް ބަލީގައި އެންމެ ފަހުން ނިޔާވީ64 ވަނަ މީހާއެވެ. އެއީ78 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ނިޔާވެފައި ވަނީ ޑީއެޗް11 ގައި ފަރުވާ ދެމުން ދަނިކޮށް މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ. ޑޮކ...

06 Mar 2021 | 11:53

ރާއްޖޭގައި ކޮވިޑް ބަލީގައި އެންމެ ފަހުން ނިޔާވީ64 ވަނަ މީހާއެވެ. އެއީ78 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ނިޔާވެފައި ވަނީ ޑީއެޗް11 ގައި ފަރުވާ ދެމުން ދަނިކޮށް މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

ޑޮކްޓަރ މުހައްމަދު އަލީ ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ، ބަލިމީހާ ޑޮކްޓަރަށް ދައްކާފައި ވަނީ ނޭވާ ކުރުވެ ކެއްސާތީ ކަމަށެވެ. އަދި އެކްސްރޭއެއް ނެގުމަށްފަހު، ބަލިމީހާ ބަލާފައި ކޮވިޑަށް ފައްސިވެފައި ވާ ކަމުގެ ހަބަރު ދީފައިވާ ކަމަށެވެ.

ޑޮކްޓަރ ބުނެފައިވާ ގޮތުގައި، ކޮޮވިޑަށް ފައްސިވި ހަބަރު ދިނުމަށްފަހު، ކަންބޮޑު ނުބުމަށް ބަލިމީހާއާއި އާއިލާކައިރީ ބުނިކަމަށެވެ. އަދި ޑޮކްޓަރުންނަށް ކުރެވޭނެ އެންމެ ރަނގަޅަކަށް ކަންތައް ކޮށްފައިވާ ކަމަށް ޑރ. މުހައްމަދު އަލީ ބުނެފައިވެއެވެ. އޭގެ ފަހުގައި ހާލު ގޯސްވެ ބަލިމީހާ ދުނިޔެ ދޫކޮށްފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

https://twitter.com/Moxamedalu/status/1367526360567017475

ނިޔާވި ފަރާތުގެ ދަރިފުޅު ބުނެފައި ވަނީ ބައްޕަގެ ފަހު ވަގުތުވެސް އާއިލާއާއި ބައްޕައާއި ދެމެދުގައި ރަނގަޅު ގުޅުމެއް ބޭއްވުމަށް ކޮށްދެއްވި މަސައްކަތަށް، ބައްޕައަށް ފަރުވާކުރުމުގައި އުޅުނު ހުރިހާ ފަރާތްތަކަށް ޝުކުރުވެރި ވާ ކަމަށެވެ. އަދި ޝުކުރުވެ ކިތައްމެ ބަހެއް ބުނި ނަމަވެސް، ޑޮކްޓަރުންނާއި ނަރުހުން އަދި މުޅި ޓީމް ކޮށްދިން ޚިދުމަތުގެ އަގު އަދާ ނުކުރެވޭނެ ކަމަށެވެ.

https://twitter.com/fatima_hlaila/status/1367903682793148418

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް