އައްޒަ ވެސް ވެކްސިން ޖަހައިފި. ތިބޭފުޅުން ޖަހައިފިންތަ؟

އެންމެންގެ ރައްކާތެރިކަމަށްޓަކައި އައްޒަ ވެސް ވެކްސިން ޖަހައިފިއެވެ. އައްޒަ ވެކްސިން ޖެހިކަން ހާމަކުރަމުން ފޮޓޯއެއް ހިއްސާކޮށްފައިވެއެވެ. ކޮވިޑްއިން ރައްކާތެރިވުމަށް މިވަގުތަށް ކުރެވޭނެ އެންމެ ރަނގަޅު...

06 Mar 2021 | 11:22

އެންމެންގެ ރައްކާތެރިކަމަށްޓަކައި އައްޒަ ވެސް ވެކްސިން ޖަހައިފިއެވެ. އައްޒަ ވެކްސިން ޖެހިކަން ހާމަކުރަމުން ފޮޓޯއެއް ހިއްސާކޮށްފައިވެއެވެ.

ކޮވިޑްއިން ރައްކާތެރިވުމަށް މިވަގުތަށް ކުރެވޭނެ އެންމެ ރަނގަޅު އެއް ކަމަކީ ވެކްސިން ޖެހުމެވެ. އެގޮތުން ވީހާވެސް ގިނަ ފަރާތްތަކުން ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވެސް އިލްތިމާސް ކުރަމުން އެބަ ގެންދެއެވެ.

އެގޮތުން މާލޭގެ ބައެއް ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ކޮވިޑް ވެކްސިން ޖަހާފައިވެއެވެ. ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފައިވާ ގޮތުގައި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ8000 އަށްވުރެ ގިނަ ފަރާތްތަކުން ވެކްސިން ޖަހާފައިވެއެވެ.

މިހާތަނަށް ރާއްޖޭގައި138،827 މީހުންނަށް ކޮވިޑް ވެކްސިން ދީފައިވެއެވެ. އެއީ މާލެ ސަރަހައްދުގައި ވެކްސިން ދިން84،891 މީހުންނާއި އަތޮޅުތެރެއިން 53،936 މީހުންނެވެ.

ކޮވިޑުން ރައްކާތެރި ވުމަށްޓަކައި ވެކްސިން ޖެހުމުގެ އިތުރުން، މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމުގެ އިތުރުން އަތްދޮވެ/ސެނެޓައިޒް ކުރަން ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ތަކުރާރުކޮށް ހަނދާންކޮށްދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް