މާރޗް މަހުގެ މިހާތަނަށްވެސް 15500 ފަތުރުވެރިން ރާއްޖެ އައިސްފިއެވެ. އެގޮތުން މާރޗް އެއް ވަނަ ދުވަހުން ފެށިގެން ފަސް ވަނަ ދުވަހާ ހަމަޔަށް 15543 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
މިއަހަރު ރާއްޖެ ޒިޔާރަތް ކޮށްފައިވާ ފަތުރުވެރިންގެ އަދަދަކީ 204،528އެވެ. މާރޗް މަހުގެ ތިން ވަނަ ދުވަހާ ހަމަޔަށް ރާއްޖެ ޒިޔާރަތްކުރި މީހުންގެ ތެރެއިން23.5 ފަތުރުވެރިންނަކީ އިންޑިޔާ މީހުންނެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 17 އަތޮޅެއްގެ 364 ގެސްޓްހައުސްއަށް ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އަދި ރާއްޖޭގެ18 އަތޮޅެއްގައި248 ރެސޯޓްގައި ޚިދުމަތް ދެމުން އެބަ ގެންދެއެވެ.
މި މަހުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް 3109 ފަތުރުވެރިން ރާއްޖެ އަހިސްފައި ވެއެވެ.
އެއް މަހުން އަނެއް މަހަށް ރާއްޖެ އަންނަ ފަތުރުވެރިން ގިނަވަމުން ދާއިރު، މި އަހަރުގެ ޖެނުއަރީ މަހަށްވުރެ ގިނައިން ފެބްރުއަރީ މަހުގައި ފަތުރުވެރިން ރާއްޖެ އަހިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އެގޮތުން 2021 ޖެނުއަރީ 31 އާއި ހަމަޔަށް ރާއްޖެ ޒިޔާރަތް ކޮށްފައި ވަނީ 92،103 ފަތުރުވެރިންނެވެ. އަދި 2021 ފެބްރުއަރީ 28 އާއި ހަމަޔަށް 96،881 ފަތުރުވެރިން ރާއްޖެ އައިިސްފައިވެއެވެ. އެހެންކަމުން ޖެނުއަރީ މަހާ އަޅާ ބަލާއިރު ފެބްރުއަރީ މަހުގައި ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 4778 ގިނައެވެ.
ޖެނުއަރީ މަހު ދުވާލެއްގެ މައްޗަށް 2971 ފަތުރުވެރިން ރާއްޖެ އައިިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ފެބްރުއަރީ މަހުގައި ދުވާލެއްގެ މައްޗަށް 3460 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް