މާފުށިން ގެއްލުނު ކުއްޖާ ރެސްޓޯރެންޓެއްގައި ހުއްޓާ ހޯދައިފިއެވެ.
މާފުށިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެކަމަށް މާފުށީ ކައުންސިލުން ވަނީ ކަށަވަރުކޮށްދީފައެވެ.
މާފުށިން ކުއްޖަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ ރޭ ދަންވަރު 02:30 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އެ ކުއްޖާ މާފުށީ ރެސްޓޯރެންޓެއްގައި އިންދާ ދާދި ދެއްމެއަކު ވަނީ ފެނިފައެވެ. ފުލުހުން ބުނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން ދާ ކަމަށެވެ.
މާފުށިން ގެއްލިގެން ހޯދަމުން ދިޔައީ 15 އަަހަރުގެ މަރިޔަމް ޝައިބާއެވެ. ޝައިބާ މިހާރު އުޅެމުން އަންނަނީ ކ. މާފުށި ޒަމާނީކުލަ ގޭގައެވެ. ޝައިބާ އަކީ ތ. ކިނބިދޫ ކުއްޖެކެވެ.
މާފުށި ކައުންސިލުން ބުނެފައިވާ ގޮތުގައި ޝަބާ ގެއްލިގެން ހޯދަން ފަށާފައި ވަނީ ރޭގެ ވަގުތެއްގައެވެ. އަދި ޝަބާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް މާފުށީ ޕޮލިސް ސްޓޭޝަންއަށް އެންގުމަށް އެ ސްޓޭޝަނުން އެދިފައިވެއެވެ. ނަމަވެސް މިހާރު ޝައިބާ ވަނީ ފެނިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް