ދުނިޔޭގެ އެންމެ ބަރު ޓާނިޕް ދުށިންތަ

މަޝްހޫރުވުމަށްޓަކައި އެކި މީހުން އެކި ކަންތައް ކޮށް އުޅެއެވެ. އެގޮތުން މިޔުޒިކާއި, ކުޅިވަރާއި ނެށުމާއި އަދިވެސް ނިއު ރެސިޕީއެއް ތައްޔާރުކުރުމާއި އައު ވައްތަރެއްގެ ތަރުކާރީއެއް ނުވަތަ މޭވާއެއް ހެއްދުމު...

06 Mar 2021 | 06:14

މަޝްހޫރުވުމަށްޓަކައި އެކި މީހުން އެކި ކަންތައް ކޮށް އުޅެއެވެ. އެގޮތުން މިޔުޒިކާއި, ކުޅިވަރާއި ނެށުމާއި އަދިވެސް ނިއު ރެސިޕީއެއް ތައްޔާރުކުރުމާއި އައު ވައްތަރެއްގެ ތަރުކާރީއެއް ނުވަތަ މޭވާއެއް ހެއްދުމުގައި ފަދަ އެތަށް ކަމެއްގައެވެ.

މިފަހަރު ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފައި މިވަނީ ދުނިޔޭގައި މިހާތަނަށް ހެއްދި އެންމެ ބަރު ޓާނިޕްއެވެ. މިފަހަރު މި ފަޚުރު ހޯދާފައި މިވަނީ ކެނެޑާގެ ރައްޔިތެކެވެ.

އެގޮތުން ޓްވިޓާގައި ހިއްސާކޮށްފައިވާ ވީޑިއޯގައި ފެނިގެންދަނީ އޭނާ ހެއްދީ އެންމެ ޓާނިޕްއެއް ނޫންކަމެވެ. އަދި އެކަހަލަ ބޮޑު ދަނޑެއް ބަލަހައްޓަމުންގެންދާ ކަން އެނގިގެންދެއެވެ. އަދި އެއްވަރުގެ ބޮޑު ތިން ޓާނިޕް ނަގާ މަންޒަރު ދައްކުވައިދެއެވެ.

ފުރަތަމަ ޓާނިޕްގެ ބަރުދަނުގައި 22.9 ކިލޯ ގްރާމް ހުރިއިރު ދެވަނަ ޓާނިޕްގައި 24.4 ކިލޯ ގްރާމް ހުއްޓެވެ. އަދި ތިން ވަނަ ޓާނިޕްގައި 29 ކިލޯ ގްރާމް ހުރި ކަމަށްވެއެވެ. މިއީ އާދައިގެ ކުއްޖެއްގެ ބަރުދަންވެސް މެއެވެ.

ޖިނިއަސް ވޯލްޑް ރެކޯޑްއިން ބުނާގޮތުގައި ޑޭމިއަން މި މަސައްކަތުގައި އުޅެނީ މިދިޔަ އަހަރުން ފެށިގެންނެވެ. އެގޮތުން އޭނާ އޮށްތައް މުޑުވަށް ކޮށްފައިވަނީ 2020 ވަނަ އަހަރުގައި ކަމަށްވެއެވެ.

މީގެ އިތުރުންވެސް ޑޭމިއަންއަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދުމުގެ ޚިޔާލު ލިބިފައިވަނީ 2016 ވަނަ އަހަރުގައި އޭނާ ހެއްދި ޓާނިޕްގެ ބަރުދަނުގައި 7 ކިލޯ ގްރާމް ހުރުމުން ކަމުގައި އޭނާ ބުނެފައިވެއެވެ. އެގޮތުން 2019 ގައި ވަނީ 15.5 ކިލޯ ގްރާމްގެ ބަރުދަނުގެ ޓާނިޕްއެއްވެސް ނަގާފައިކަން ޑޭމިއަން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް