މި ޖީލުގެ މީހުން ގަސް ހެއްދުމާއި، ގޭތެރެ ގަހުން ޒީނަތްތެރި ކުރުމަށް އާދަޔާ ޚިލާފު ފޯރިއެއް ހުރެއެވެ. އެހެންކަމުން ގޭގައި ގިނަ ދަރިންނާއެކު ކުޅި މަޖާ ކުރުމުގެ ބަދަލުގައި ގޭގައި ގިނަ ގަސްތައް ހައްދާ ގެންގުޅެން މިވަނީ ފަށާފައެވެ.
އެގޮތުން ގޭތެރޭގައާއި ކޮޓަރިތެރޭގެ އިތުުރުން ބެލްކަންޏެއް އިން ނަމަވެސް އެތަނެއްގައި ގަސް ބެހެއްޓުން މިހާރު ވަރަށް އާއްމު ވެއްޖެއެވެ. އަދި ގޭގެ ކިޔަވާ މޭޒު ދޮށުގައާއި އޮފީސް މަސައްކަތް ކުރާ ތަންކޮޅުގައިވެސް ގަހެއް ބަހައްޓާ ނުލައި ހިތްހަމަ ޖެހޭނެ މީހެއް މަދުވާނެއެވެ.
ބޮޑު ގެއެއްގައި ގިނަ ކުދިންތަކެއް ގެންގުޅުނު ދުވަސް މާޒީވެ، މިހާރު އަމާޒު ހިފާފައި ހުރީ ކުޑަ ގެއެއްގައި ވަށައިގެން ގަސް ހައްދާފައި ހުރުމެވެ. މިއީ މިހާރަށް ބަލައިގި ނަމަ 20 އަހަރާ 39 އަހަރާ ދެމެދުގެ މީހުން ގިނައިން ބޭނުންވާ ގޮތެވެ. ޒުވާނުންނަށް މިހާރު މުހިންމީ ' ގަސްގަހާ ގެއްސާއި މަސްމަހާ މެއްސެވެ.' ސަބަބަކީ ގަހާއި ގޭގައި ގެންގުޅޭ ޕެޓް ޖަނަވާރު މިހާރު ކުދިންނަށް ވުރެ ގިނަވުމެވެ.
މިފަދަ 'ޕްލާންޓް ޕޭރެންޓުން' އިންސާނުންނާ މެދު ކަންތައްކުރާ ބީދައިން ގަހަށް ވެސް އަޅާލައެވެ. އެގޮތުން ގޭގެ ހުރިހާ ހިސާބެއްގައި ގަސް ބަހައްތައި، ގަހުގެ ހެދިބޮޑުވުމަށް ބަލައެވެ. ބަރާބަރަށް ފެން ދީ ބަލަހައްޓައެވެ. ބައެއް ފަހަރަށް ދަރިން ހޯދުމުގެ ބަދަލުގައި ގަސް އެއްކޮށްގެން ގެންގުޅުމަށް އިސްކަން ދެއެވެ.
ބައެއް ޕްލާންޓް ޕޭރެންޓުން ހަމައެކަނި ދެތިން ގަސް ޕޮޓެއް ގެންގުޅޭއިރު، އަނެއްބައި މީހުން ބޮޑު ބަގީޗާއެއްވަރުގެ ތަނެއްގައި ގަސް ހައްދައެވެ.
ޑިޒައިނަރ ޖަސްޓީނާ ބްލެކެނީ އަކީ އޭނާގެ އިންސްޓަގްރާމް ގައި އެެެއް މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބޭ މީހެކެވެ. އޭނާ ބުނި ގޮތުގައި ގަސް އިންދާ ހެއްދުމުގެ ސަބަބުން އިންސާނުންނާއި ގުދުރަތީ ވެއްޓާ ގުޅުވާދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް