" މީހުންގެ ވާހަކަ ދެއްކުން ": ފާފައެއް ނަމަވެސް މުޖުތަމައުގެ 'ހޮބީއެއް'

"ޣީބަ" މިލަފްޡް ނެގިފައިވަނީ "ޣައިބު"އިން ނެވެ. އެއީ ލޮލަށް ފެންނަން ނެތް އެއްޗިއްސެވެ. "ޣީބަ" އަށް ޣީބަޔޭ ކިޔުނީ ވާހަކަދެކެވުނު މީހާ އެހިނދުގައި އެތަނުގައި ޙާޟިރުވެ ނެތުނީމައެވެ. ނުވަތަ މީހަކު ނެތް ތ...

06 Mar 2021 | 04:48

"ޣީބަ" މިލަފްޡް ނެގިފައިވަނީ "ޣައިބު"އިން ނެވެ. އެއީ ލޮލަށް ފެންނަން ނެތް އެއްޗިއްސެވެ. "ޣީބަ" އަށް ޣީބަޔޭ ކިޔުނީ ވާހަކަދެކެވުނު މީހާ އެހިނދުގައި އެތަނުގައި ޙާޟިރުވެ ނެތުނީމައެވެ. ނުވަތަ މީހަކު ނެތް ތަނުގައި އޭނާ ނުރުހޭ ބާވަތުގެވާހަކައެއް ދެއްކުމެވެ.

ޣީބަ ބުނުމަކީ ދުލުގެ އާފާތްތައް ނުވަތަ ދުލުން ކުރެވޭ ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެގޮތުން :

عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال: ((أَتَدْرُونَ مَا الْغِيبَةُ؟)) قالوا: اللهُ وَرَسُولُهُ أَعْلَمُ، قال: ((ذِكْرُكَ أَخَاكَ بِمَا يَكْرَهُ)) قيل: أَفَرَأَيْتَ إِنْ كَانَ فِي أَخِي مَا أَقُولُ؟ قال : ((إِنْ كَانَ فِيهِ مَا تَقُولُ، فَقَدِ اغْتَبْتَهُ، وَإِنْ لَمْ يَكُنْ فِيهِ فَقَدْ بَهَتَّهُ))

މާނަޢީ: “އަބޫ ހުރައިރާ ރަޟިޔަﷲ އަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ސައްލައްﷲ އަލަހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. ޣީބައަކީ ކޮބައިކަން ތިޔަބައި މީހުން ދަންނަމު ހެއްޔެވެ؟ އެވަގުތު ޞަޙާބީން ދެންނެވިއެވެ. އެކަން މޮޅަށް ދެނެވޮޑިގެންވާނީ ﷲ އާއި، އެކަލާނގެ ރަސޫލާ އަށެވެ. ޙަދީޘް ކުރެއްވިއެވެ. “އެއީ ތިބާގެ އަޚާ, (ނެތްތަނެއްގައި) އޭނާ ނުރުހޭ ވާހަކައެއް ދެއްކުމެވެ.” ޞަޙާބީން ސުވާލުދެއްނެވިއެވެ. އެކަމަކީ އެއަޚާގެ ކިބައިގައި ހުރިކަމެއްކަމުގައި ވީނަމަވެސް ތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ”އެބުނި ބަހަކީ އޭނައިގެ ކިބައިގަ ހުރިކަމެއްކަމުގައިވާނަމަ ތިބާ ތިޔަބުނީ ޣީބައެވެ. އަދި އެއީ އޭނާގެ ކިބައިގައި ނެތްކަމެއްކަމުގައިވާނަމަ އެހެދީ ބޮޑުވެގެންވާ ދޮގެކެވެ.” ( މުސްލިމް، ޙަދީޘް ނަންބަރ ،2589)

  • وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ - (އަލް ހުމަޒަ – 1)

غيبة ބުނެ، ފުރައްސާރަކޮށް، ވައްތަރުޖައްސާ ކޮންމެ މީހަކަށް، ގެއްލުމާއި ހަލާކުހުށްޓެވެ.

  • يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ قَوْمٌ مِّن قَوْمٍ عَسَىٰ أَن يَكُونُوا خَيْرًا مِّنْهُمْ وَلَا نِسَاءٌ مِّن نِّسَاءٍ عَسَىٰ أَن يَكُنَّ خَيْرًا مِّنْهُنَّ ۖ وَلَا تَلْمِزُوا أَنفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ ۖ بِئْسَ الِاسْمُ الْفُسُوقُ بَعْدَ الْإِيمَانِ ۚ وَمَن لَّمْ يَتُبْ فَأُولَـٰئِكَ هُمُ الظَّالِمُونَ - (އަލް ޙުޖުރާތް – 11)

" އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް عيب ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް عيب ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ لقب ތަކުން ނުގޮވާށެވެ! إيمان ވުމަށްފަހު فاسق ވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) توبة ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ. "

  • يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِّنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ تَوَّابٌ رَّحِيمٌ - (އަލް ޙުޖުރާތް – 12)

އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް غيبة ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ أخ އާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް