ދިރާސާތަކުން ދައްކާގޮތުގައި ކެރޮޓް އަކީ އުރަމަތީގެ ކެންސަރު ޖެހުމުން ދުރުކޮށްދޭ ތަރުކާރީގެ ބާވަތެކެވެ.
އެގޮތުން ޤަވައިދުން ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ކެރޮޓް ހިމަނައިގެން ކާނަމަ ދިރާސާތަކުން ހަށިގަނޑުގައި ހުންނަ ކެންސަރަސް މަގުފަހިވާ ސެލްތައް 75 އިންސައްތައަށް ދަށްކޮށްދޭ ކަމަށެވެ.
މީގެ އިތުރުންވެސް ޔޫ.އެސް.އޭގެ އެހެން ދިރާސާއަކުން ދައްކާ ގޮތުގައި ކެރޮޓް ކެއުމުން ލޭމައްޗަށް ދިޔުމަށް ހައްލު ލިބޭ ކަމަށެވެ. އަދި ކެރޮޓްއަށް ފަހު ދެން މިކަމަށް އެންމެ ރަނގަޅު އެއް ބާވަތަކީ ކައްޓަލަ ކަމުގައިވެސް ފާހަގަކޮށްފައިވެއެވެ.
ކެރޮޓް އަކީ ބިޓަމިން އޭ އޭގައި ނުހަނު ގިނައިން އެކުލެވޭ ބާވަތެކެވެ. އެގޮތުން ކެރޮޓް ތަފާތު އެތަށް ގޮތަކަށް ބޭނުންކުރެވިދާނެއެވެ. ކެރޮޓް ޖޫސް ގިރައިގެން ނުވަތަ އެހެން ބާވަތަކާ އެއްކޮށް ސްމޫތީއެއް ތައްޔާރުކޮށްގެންވެސް ބޭނުންކުރެވިދާނެއެވެ. އަދި މިގެ އިތުރަށްވެސް އެހެން ތަރުކާރީ އާއި މޭވާއާ އެއްކޮށް ސެލެޑް އެއް ތައްޔާރުކޮށްގެންވެސް ބޭނުން ކުރެވިދާނެއެވެ. ހަމަ އެހެންމެ ކައްކާއިރު ކެރޮޓް އަޅައިގެން ނުވަތަ ކެއުމުގައި ކޮންމެ އިރަކުވެސް ކެރޮޓް ބޭނުންކުރެވިދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް