ބީއެމްއެލްގެ ހިއްސާގެ ފައިދާ ޖަމާކޮށްދޭން ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 2019 ވަނަ އަހަރު ލިބުނު ފައިދާ ބެހުމުގެ ހުއްދަ، މަރުކަޒީ ބޭންކުން ދިނުމާއެކު، ހިއްްސާގެ ފައިދާ އެކަންޓުތަކަށް ޖަމާ ކުރަން ފަށައިިފި އެވެ. ބީއެމްއެލް އިން ނެރެފ...

05 Mar 2021 | 20:24

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 2019 ވަނަ އަހަރު ލިބުނު ފައިދާ ބެހުމުގެ ހުއްދަ، މަރުކަޒީ ބޭންކުން ދިނުމާއެކު، ހިއްްސާގެ ފައިދާ އެކަންޓުތަކަށް ޖަމާ ކުރަން ފަށައިިފި އެވެ.

ބީއެމްއެލް އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ މިދިޔަ އަހަރުގެ އޮގަސްޓް 31 ގައި ބޭއްވި އެ ބޭންކުގެ 37 ވަނަ އަހަރީ އާންމު ޖަލްސާގައި ފާސްކުރެވުނު ހިއްސާގެ ފައިދާ ބެހުމުގެ ހުއްދަ އެމްއެމްއޭ އިން ދީފައިވާ ކަމަށެވެ. އެހެންކަމުން ހިއްސާގެ ފައިދާ އެކައުންޓަށް ޖަމާކުރުމަށް އެދިފައިވާ ހިއްސާދާރުންގެ ފައިދާ އެކައުންޓުތަކަށް ޖަމާ ކުރަން ފަށާފައިވާ ކަމަށެވެ.

ބީއެމްއެލްއިން ބުނީ އެކަންއުންޓަށް ޖަމާ ކުރަން އެދިފައި ނުވާ ހިއްސާދާރުންނާއި ބޭންކް އެކައުންޓު ބަދަލު ކުރަން ބޭނުންވާ ހިއްސާދާރުން އަންނަ މަހުގެ 30 ގެ ކުރިން ފޯމު ފުރިހަމަ ކުރުމަށް އެދޭ ކަމަށެވެ. ފޯމް ފުރިހަމަ ކުރުމަށް ފަހު ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށް ހުށަހެޅުމުގެ އިތުރުން އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ

އަހަރީ އާންމު ޖަލްސާގައި ފާސްކުރި ގޮތަށް ހިއްސާގެ ފައިދާ ދިނުމަށް ހަމަޖެހިފައިވަނީ 18 އޮގަސްޓް 2020 (ބުކް ކޮލޯޝަ ޑޭޓް) އާ ހަމައަށް މި ބޭންކުގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނިފައިވާ ހިއްސާދާރުންނަށެވެ.

ބީއެމްއެލް އަށް 2019 ވަނަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް ބަހަނީ 26 ރުފިޔާ އެވެ.

ބީއެމްއެލް އިން 2018 ވަނަ އަހަރު ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ބަހާފައި ވަނީ 124 މިލިއަން ރުފިޔާ އެވެ. އެ އަހަރު ހިއްސާއަކަށް ޖެހިފައިވަނީ 24 ރުފިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް