އަދަދު ހަމަނުވާތީ އަލުން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި ވޯޓް ފޮށި ބަހައްޓަން ނިންމި ބައެއް ތަންތަނަށް އަދަދު ހަމަނުވާތީ އަލުން ރީ ރަޖިސްޓްރީ ކުރުމުގ...

06 Mar 2020 | 11:09

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި ވޯޓް ފޮށި ބަހައްޓަން ނިންމި ބައެއް ތަންތަނަށް އަދަދު ހަމަނުވާތީ އަލުން ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރީ ރަޖިސްޓްރީ ކުރުމަށް ދިން މުއްދަތު ހަމަވިއިރު ކޮމިޝަނުން ކަނޑައަޅާފައިވާ އަދަދަށް މީހުން ހަމަނުވުމުން ސަބަބުން ބައެއް ރިސޯޓްތަކާއި ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަކާއި ޖަލުގެ އިތުރުން ސިނާއީ މަސައްކަތް ތަންތަނުގައި ވޯޓް ފޮށި ނުބަހައްޓަން ނިންމާފައިވާކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މި ތަންތަނަށް ރަޖިސްޓްރީ ކުރި ފަރާތުން ރަށްވެހިވެފައިވާ ރަށް ނޫންތަނަކަށް ވޯޓްލާން ބޭނުން ނަމަ އަލުން ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އެބައޮތްކަމަށެވެ. އަދި މިހާރު ހުޅުވާލާފައިވާ މުއްދަތުގައި އަލުން ރީ ރަޖިސްޓްރީ ނުކުރާނަމަ އެ މީހެއްގެ ނަން އޮންނާނީ އެމީހަކު ރަށްވެހިވެފައިވާ ރަށެއްގައިކަމަށްވެސް އިސީން ވިދާޅުވެއެވެ.

އެގޮތުން ޖަލުތަކުގެ ތެރެއިން ދުނިދޫ ޖަލުގައި ވަނީ ވޯޓު ފޮށި ނުބަހައްޓާ ގޮތަށް އީސީ އިން ނިންމާފައެވެ. ސިނާއީ މަސައްކަތް ކުރާ ތިން ރަށެއްގައި ފޮށި ނުބަހައްޓާ އިރު، ބޭރުގެ ހިތަރު ޤައުމުގައި ވޯޓު ފޮއްޓެއް ނުބަހައްޓައެވެ. އަދި މީގެއިތުރުން 28 ރިސޯޓެއްގައިވެސް ވޯޓް ފޮށި ނުބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މި ފޮށިތަކަށް ރަޖިސްޓްރީކޮށްފައިވާ މީހުން މިހާރު ފޮށި ބެހެއްޓުމަށް އިއުލާންކޮށް ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ ތަނެއްގައި މި މަހުގެ 7 ވަނަދުވަހުގެ ކުރިން އަލުން ރަޖިސްޓްރީކޮށް ނިންމުމަށެވެ.

އީސީއިން ވިދާޅުވީ ރަޖިސްޓްރީ ކުރުން އޮންނާނީ ހުކުރު ދުވަހު މެންދުރު ފަހު 03:00 ފެށިގެން ހަވީރު 05:00 ކަމަށެވެ. އަދި ހޮނިހިރު ދުވަހު 09:00 ފެށިގެން 03:00 ގެ ނިޔަލަށްވެސް މި ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް