ކޯވިޑް 19: އިތުރު ދިވެއްސަކު އެކަހެރިކޮށްފި – އިޓަލީން އައި ދިވެހި މީހާ ނެގަޓިވް

އިޓަލީން ރާއްޖެ އައި ދިވެއްސަކު ކަރަންޓީނުކޮށް ކުރި ޓެސްޓުން ކޮރޯނާ ވައިރަހަށް ނެގަޓިވް ވެފައިވާތީ ދޫކޮށްލާފައިވާއިރު މިއަދު ހަވީރު އިތުރު ދިވެއްސަކު ކަރަންޓީނުކޮށްފައިވާނެ ކަމަށް އެޗްޕީއޭއިން ބުނެފިއ...

05 Mar 2020 | 19:38

އިޓަލީން ރާއްޖެ އައި ދިވެއްސަކު ކަރަންޓީނުކޮށް ކުރި ޓެސްޓުން ކޮރޯނާ ވައިރަހަށް ނެގަޓިވް ވެފައިވާތީ ދޫކޮށްލާފައިވާއިރު މިއަދު ހަވީރު އިތުރު ދިވެއްސަކު ކަރަންޓީނުކޮށްފައިވާނެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން މިހެން ބުނެފައިވަނީ ދެންމެ ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވާގޮތުގައި އިޓަލީން ރާއްޖެ ދަތުރުކުރި ދިވެއްސަކު ކަރަންޓީނުކުރީ އަލާމަތްތައް ހުރިކަމަށް ރިޕޯޓް ކުރެވިފައިވާތީއެވެ. ނަމަވެސް ނަތީޖާ ނެގަޓިވް ވުމުން މިރޭ މޮނިޓަރިން އިން ދޫކޮށްލާފައިވާކަމަށް ބުނެފައިވެއެވެ.

މިއަދުގެ ހަވީރުގެ ވަގުތެއްގައި ކޯވިޑް-19ގެ އަލާމާތްތަކާއެކު އިތުރު ދިވެއްސެއް ވަނީ ރިޕޯޓްކޮށްފައި ކަމަށާއި މިހާރު އޭނާ ވަނީ ޓެސްޓްކޮށް މޮނިޓަރ ކުރުމަށްޓަކައި އެކަހެރިކުރެވިފައި ކަމަށްވެސް ބުނެފައިވެއެވެ. އަދި މި ޓެސްޓްގެ ނަތީޖާ ލިބުމުން ހިއްސާ ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް