އައްޑޫ ސިޓީން އިތުރު ދިވެއްސަކު ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީގައި މިއަދު ޕޮޒިޓިވް ވި ދެ ދިވެހިންނާއި ގުޅުންހުރި އިތުރު ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ . އައްޑޫ ލައިވްގައި ރިޕޯޓްކޮށްފައިވާގޮތުގައި ތިންވަނަ އަށް ޕޮޒިޓިވް ވެފައިމިވަނީ އައްޑޫ ސިޓ...

06 Feb 2021 | 17:59

އައްޑޫ ސިޓީގައި މިއަދު ޕޮޒިޓިވް ވި ދެ ދިވެހިންނާއި ގުޅުންހުރި އިތުރު ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ .

އައްޑޫ ލައިވްގައި ރިޕޯޓްކޮށްފައިވާގޮތުގައި ތިންވަނަ އަށް ޕޮޒިޓިވް ވެފައިމިވަނީ އައްޑޫ ސިޓީ ފޭދޫއަށް ނިސްބަތްވާ މީހެކެވެ.

އައްޑޫ ސިޓީން މިއަދު ދެމީހަކު ޕޮޒިޓިވްވިކަން އެނގުނީ ފްލޫ ކްލިނިކުން ނެގި ސާމްޕަލްތަކަކުންނެވެ. މި ކޭސްތަކާ ގުޅިގެން އައްޑޫސިޓީ މިހާރުވަނީ މޮނީޓަރިން ހާލަތަށް ގެންގޮސްފައެވެ.

މިއަދު އައްޑޫ ސިޓީން ޕޮޒިޓީވް ވި ދެމީހުންނަކީ އައްޑޫ ސިޓީގައި ބޭއްވި އޭވިއޭޝަން ކޮމާންޑްގެ ޓްރޭނިންއަކަށް ދިޔަ ބައެއް ކަމަށްވެސް އައްޑޫލައިވްގައި ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް